19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ނިރު އެކްސެލެރޭޓަރ

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމަށް 4 ޓީމެއް ހޮވިއްޖެ

  • އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވުމަށް ގޯލްޑަން ޓިކެޓް ވަނީ ހޯދާފައި
  • އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތު ލިބިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 3 ސެޕްޓެންބަރ 2018 | ހޯމަ 00:49 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގައި ހޮވުނު ޗެމްޕިއަން ޓީމް -- އުރީދޫ

މާލީ ހޭލުންތެރިކަމާއި ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ފައިނޭންޝަލް ޕްލެޓްފޯމް ކަމަށްވާ ކައުރީ، އުރީދޫގެ ނިރު ހެކަތަން ކާމިޔާބުކޮށް، އިތުރު ތިން ޓީމަކާއިއެކު ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމުގައި ބައިވެރިވުމަށް ގޯލްޑަން ޓިކެޓް ހޯދައިފިއެވެ.

ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވަނީ:

    ކައުރީ: މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް، ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް.

    ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފަރ މެނޭޖްމަންޓް ސިސްޓަމެއް.

    ޖަވާބު އެކެޑެމީ: ޖިއޮގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް.

    ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއިޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމައަށް މަންފާ ކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ނިރު އެކްސެލެރޭޓަރއަކީ ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެކަށޭނަ ޕްލެޓްފޯމެކެވެ. އެކްސެލެރޭޓަރަށް ހޮވާލެވޭ ޓީމް ތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެއެވެ. ހަމައެހެންމެ، ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

"އުރީދޫއިން ނިރު ފަށާފައިވަނީ ދިވެހިރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވެ، ބައިނަލްއަޤްވާމީ ޑިޖިޓަލް ރިވޮލިއުޝަންގައި ބައިވެރިވުމަށް ދިވެހިންނަށް އެހީތެރިވެދީ، ހިތްވަރުދިނުމުގެ ގޮތުން. ކުރިއަށްގޮސްފައިވާ ނިރު ހެކަތަންގައިވެސް ވަނީ ދިވެހި ޑެވެލޮޕަރުންނާއި، އެންޓްރެޕްރިނިއަރުންގެ ކުޅަދާނަކަން ފެނިފައި. މިގޮތުން، ނިރު އެކްސެލެރޭޓާރ މެދުވެރިކޮށް މި ޓީމްތަކުގެ ސްޓާޓް-އަޕް ވިޔަފާރިތައް ބިނާ ކުރުމަށް ބޭނުންވާ ޓޫލްތަކާއި، ތަޖުރިބާކާރު މެންޓަރުންގެ އެހީތެރިކަން ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ކުރިއަށް ގެންގޮސްފައިވާ ފޯރިގަދަ 24 ގަޑިއިރުގެ ހެކަތަންގައި، ހަ ޓީމެއް ބައިވެރިވެ، ޑިޖިޓަލް ވިޔަފާރިތަކުގެ ކޮށްސެޕްޓް ވަނީ ހުށަހަޅާފައެވެ. މި ޓީމްތަކުގެ ވިޔަފާރީގެ ޚިޔާލުތައް އިތުރަށް ފައްކާކޮށް، ޕްރޮޓޯޓައިޕް ހެދުމުގައި އުރީދޫ، އައިޑިއާމާޓް އަދި އެލައިޑްގެ މެންޓަރުންގެ އެހީވަނީ ފޯރުކޮށްދީފައެވެ. ހެކަތަންގައި ބައިވެރިވި ޓީމް ތަކުން، އެކްސެލެރޭޓާރގައި ބައިވެރިވުމަށް ޓީމްތައް ހޮވާފައިވަނީ، ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިންނާއި ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ކޮމިޓީއަކުންނެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުން ދިނުމަށްޓަކައި، ނިރު އެކްސެލެރޭޓާރ، ސްމާޓް ސިޓީސް ޕްރޮޖެކްޓް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓެރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް