23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ގުޅިފައިވާ ކޯލިޝަންގެ އެންމެ ބޮޑު އެއް މަސައްކަތަކީ އިންސާފު ގާއިމު ކުރުން: އިބޫ

  • ކޯޓުތަކުން އިންސާފެއް ނުލިބޭ
  • ސަރުކާރުން އެކިއެކި މީހުންނާމެދު ތަފާތު ކުރުން ގެންގުޅޭ، ސަރުކާރުގައިވެސް އިންސާފުވެރިކަމެއް ނެތް
  • ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ނުކުރެވޭނެ އެއްވެސް ހާލަތެއް އޮވެގެން ނުވާނެ
މުހައްމަދު ފަޒީން | phaxyn

| 3 ސެޕްޓެންބަރ 2018 | ހޯމަ 00:21 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


ރިޔާސީ ކެންޑިޑޭޓް އިބޫ ތުއްތު ކުއްޖަކާއެކު: މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- އާކައިވް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ އެންމެބޮޑު އެއްމަސައްކަތަކީ އިންސާފު ގާއިމު ކުރުމަށް ގުޅިފައިވާ ކޯލިޝަންގެ ރިޔުާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ އާއި ކެމްޕެއިން ޓީމުން ގއ. އަދި ގދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދިއްތަ ދުވަހު ގއ. ވިލިގިއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ވެރިކަމުގެ އެންމެ މުހިއްމު ސިފައަކަށް ވެގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ.

"ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އަޅުގަނޑުމެން ދޫކޮށްލާނެ ދެ ސިފައެއް ނޫން. މިއަދު ރާއްޖޭގައި މިވަނީ އިންސާފު ގެއްލިފައި. އިންސާފު ނުލިބެނީ ކޯޓުތަކުން އެކަންޏެއްވެސް ނޫން. ވަޒީފާ ދިނުމުގަޔާއި ޕްރޮމޯޝަން ދިނުމުގަޔާއި ވަޒީފާއިން ވަކިކުރުމުގަޔާއި ސަރުކާރުން ދޭ ހިދްމަތްތައް ދިނުމުގައިވެސް މިވަނީ އިންސާފުން އެއްކިބާވެފަ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ދައުލަތް ހިންގުމުގައި ވެރިކަމުގެ ބާރުން މިވަނީ ގާނޫނު ހެދުމުގެ ބާރު ލިބިގެންވާ ރައްޔިތުންގެ މަޖިލީހާއި އަދުލްއިންސާފު ގާއިމު ކުރުމުގައި ބާރު ލިބިގެންވާ ޝަރުއީ ކޯޓުތަކުގެ ތެރެއަށް ވެރިވެގަނެފަ ކަމަށެވެ.

"މުށު ތެރެއަށް ދައުލަތުގެ ތިންބާރު ލައްވައިގެން ހުދުމުހުތާރު ވެރިކަމެއް މިއަދު ރައީސް ޔާމީން ކުރައްވަމުން އެގެންދަވަނީ،" އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓުވުމަށް ގެނަސްފައި އޮތްއޮތުން އެއީ އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަންކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް އެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރުމުގެ ފުރުސަތު ނުދެއްވާ ހިފަހައްޓާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ 12 މެމްބަރުންގެ އެއްވެސް ކުށެއް ނެތް ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ނުކުރެވޭނެ އެއްވެސް ހާލަތެއް އޮވެގެނެއް ނުވާނެ،" ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބޫ ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް