14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިޚާބު 2018

އިބޫ ވަޑައިގަތުމުން ކޯލިޝަންއަށް އޮތް ސަޕޯޓުގެ އަޑުން ވިލިނގިލި ގުގުމާލައިފި

  • ރަށުގެ ބަނދަރުމަތިން ކޯލިޝަންގެ ކުލަތަކުން ޒީނަތްތެރިކޮށްލާފައިވާ އެކިކުލަތައް ފެނިގެން ދިޔަ
ސިމާހާ ނަސީމް އަދި އާމިނަތު ނުޒުހާ | sim_kamana

| 3 ސެޕްޓެންބަރ 2018 | ހޯމަ 00:00 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ގއ.ވިލިނގިއްޔަށް އިބޫ ވަޑައިގަތުން -- ފޮޓޯ: ރާއްޖެ އެމްވީ

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން ކޯލިޝަންގެ ސަޕޯޓުން މުޅިރަށް ގުގުމާލައިފިއެވެ.

ކޯލިޝަން ކެނޑިޑޭޓް ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެންފައިވަނީ، އާދިއްތަ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮންނެވެ.

އިބޫ އެރަށަށް ފައިބައިވަޑައިގަތުމުން އެންމެ ފުރަތަމަވެސް މަރުހަބާކީ ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސެއިންއެވެ. ވިލިނގިއްޔަށް އިބޫ ވަޑައިގަތުމުން ކީ ހޫނު މަރުހަބާއާއި ފެނުނު މަންޒަރުން ދައްކައިދިނީ ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެކަންކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބުދުﷲ އަމީން ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުން ހިމެނޭ އެރަށުން އެ މުވައްޒަފުންވެސް ބިރު ފަހަނައަޅާ މިއަދު ކުރިއަށް ނުކުތުމުން އެނގުނު އެއްޗަކީ އެރައްޔިތުންގެ ހުކުމް އިއްވައިފިކަންކަމަށެވެ.

ރަށުގެ ބަނދަރުމަތިން ކޯލިޝަންގެ ކުލަތަކުން ޒީނަތްތެރިކޮށްލާފައިވާ އެކިކުލަތައް ފެނިގެން ދިޔައިރު، ވިލިނގިލި ދާއިރާގެ މެމްބަރު އަދި ވިލިނގިއްޔަށް އުފަން ސައުދު ހުންނެވީ ކޯލިޝަންގެ ހުރިހާ ކުލަތައް ހިމެނޭ ގަމީހެއް ލައިގެންނެވެ.

ރަށުގެ ޒުވާނުން ތިބީ "ވަގަކަށް ހާސް ދުވަސް، އަހަރެމެންނަށް ވޯޓުލާ ދުވަސް" ލިޔެފައިވާ ޓީޝާޓުތަކެއް ލައިގެންނެވެ. އަދި އެރަށުގެ ރައްޔިތުން ގޮވާލަމުން ދިޔައީވެސް އެގޮތަށެވެ.

ގއ. ވިލިނގިއްޔަކީ މި ސަރުކާރުގެ އަނިޔާވެރިކަން ތަހައްމަލުކުރި ގިނަ އަދަދެއްގެ މުއައްޒަފުން ދިރިއުޅޭ ރަށަކަށް ވާއިރު، އެމުވައްޒަފުންވެސް މިއަދު ވަނީ އިބޫއަށް ތާއީދުކޮށް ކުރިއަށް ނުކުމެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Basaraa

2 މަސް ކުރިން

Yaameenooo Den lalalaaa

0
0