21 ސެޕްޓެންބަރ 2018 | ހުކުރު | 02 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލާނެ ކަމަށް އިބޫ ވިދާޅުވެއްޖެ

 • ހެޔޮ އަގެއްގައި އެކަން ކުރެވޭނެ ކަމަށް ވިދާޅުވި
 • ވިސްނުމަކަށް ވާންވީ ފަސޭހައިން ދަތުރު ކުރުމަށް
 • ވިލިނގިލިން ކޫއްޑޫއަށް ތިން މިނެޓުން ލޯންޗުގައި ދެވޭނެ
ޙުސައިން ޙަސަން | hucenhassan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 23:59 | |

މަގުބޫލް

 1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
 4. އަލިދީގެ ތާއީދު އިބޫއަށް!
 5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
 6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ގއ. ވިލިނގިލީގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގއ. އަތޮޅުގެ ވެރިކަން ކުރާ ވިލިނގިލިއްޔާއި ގއ. ކޫއްޑޫ، ބްރިޖަކުން ގުޅާލައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

ވިލިނގިލިން ފުރައިގެން ލޯންޗެއްގައި ކޫއްޑޫއަށް ދެވެނީ ތިން މިނެޓުންނެވެ. އެއާޕޯޓަކާއި މަސް ފެކްޓްރީއަކާއި ރިސޯޓެއްގެ ގޮތުގެ ގޮތުގައި ވެސް ބޭނުން ކުރާ ކޫއްޑޫ އާއި ވިލިނގިއްޔާ ދެމެދު ގަނޑެއް އޮވެއެވެ. އެ ކަނޑަކީ ކުއްޑޫ މަސް ފެކްޓްރީއަށް މަސް ކިރުވަން ރާއްޖެއިން ބޭރުން އަންނަ އާގު ބޯޓުފަހަރު ދަތުރުކުރާ ކަނޑެކެވެ.

ކޫއްޑޫއަކީ ވިލިނގިއްޔާ ވަރަށް ކައިރީގައި އޮތް ރަށެއްކަން ފާހަގަ ކުރައްވައި، ވިލިނގިލީގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ވިސްނުމަކަށް ވާންވީ ފަސޭހައިން އެއްތަނުން އަނެއް ތަނަށް ދެވި، ގުޅުވާލެވޭނެ ގޮތެއްވުން ކަމަށެވެ.

އެމްޑީޕީ ވެރިކަމުގައި ހުޅުލެ-މާލެ ގުޅާލެވޭނެ އަގު ބެއްލެވި ކަމަށާއި އެގޮތުން އެފަދަ ބްރިޖަކަށް ހަރަދު ވާނީ 70 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ހުޅުމާލެ-މާލެ ބްރިޖަށް 300 މިލިއަން ޑޮލަރު ހަރުދުވެފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

"ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަށް އެހާ ބޮޑު ހަރަދެއް ދާނެ ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެކަން ފެނިގެންދާނެ،" ވިލިނގިލީގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވިއެވެ.

ހުވަދު އަތޮޅަށް މިދިޔަ ހުކުރު ދުވަހު އިބޫ ފެއްޓެވި ދަތުރުފުޅުގައި އާދީއްތަ ދުވަހާ ހަމައަށް އެމަނިކުފާނު ވަނީ 14 ރަށަކަށް ވަޑައިގެންފައެވެ. ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިބޫ މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުގެ ހަވީރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް