11 ޑިސެންބަރު 2018 | އަންގާރަ | 03 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ރިޔާސީ ރޭސް 2018

ހުވަދު އަތޮޅުން ޔާމީނަށް ސައިޒު ދައްކާލައިފި: ރޮޒައިނާ

  • އުތުރާއި ދެކުނުން އިބޫއަށް ލިބޭ ތާއީދަށް އެންމެ ކަންބޮޑުވަނީ ބްރޯޑްކޮމް
  • މުޅި ރާއްޖެ މިހާރު ވަނީ އިބޫއާއެކު
އަހުމަދު މުހުސިނު | dhonbandaara

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 23:47 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ރޮޒައިނާ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަޒުމޫން އަހުމަދު

ހުވަދު އަތޮޅުން ރައީސް ޢަބްދުﷲ ޔާމީންގެ ސައިޒު ދައްކާލައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގއ ވިލިނގިލީގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޖަލްސާއަށް ހާޒިރުވެ ތިބި މީހުންނަށް ބަލާލުމުން ވިލިނގިލީގެ ވޯޓާ ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށެވެ. އަދި މިވަގުތު ވިލިނގިލީގައި އެކި ދަރަޖައިގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ބައެއް އިސްވެރިން ތިއްބެވީތީ އުފާ ކުރައްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ވިލިނގިލިން މިއަދު ޔާމިންގެ ސައިޒް ދައްކާލައިފި. މުޅި މި ހުވަދު އަތޮޅުންވެސް ޔާމިންގެ ސައިޒް މިދަތުރުގައި ދައްކާލައިފި. ގައްދޫއަށް އެރުމުން ގައްދޫގައި އެއްކޮޅުން އަނެއްކޮޅުން ރައްޔިތުން އެތުރިލައިގެން ތިބި. ފޯރީގައި ޖޯޝުގައި. ގަދަކަމުން ގެނެސް ތިބި އެކަކުވެސް އެތާކު ނެތް. ކޮލަމާފުށިން އިބޫގެ މިދަތުރަށް ތައްޔާރުވާން ފެށީމާ ޖެއްސުން ކުރަމުން ކުރަމުންގޮސް އެންމެފަހުން 18 ޒުވާނުން ޖަލަށް ލީ. އެހެންނަމަވެސް ކޮލަމާފުއްޓަށް އަޅުގަނޑުމެން އެރުމުންވެސް ކޮލަމާފުށިންވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މުޅި ކޮލަމާފުށި ގުގުމައިގެން ދިޔަތަން،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އިބޫއަށް ތާއީދު އޮތްވަރު އުތުރުން ފެށިގެން ދެކުނަށް އަންނަނީ ފެންނަމުން ކަމަށެވެ. އަދި އެކަމާ އެންމެ ބޮޑަށް ކަންބޮޑުވާންތަން ފެންނަނީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަން ކަމަށެވެ.

"އިއްޔެވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ރާއްޖެ ޓީވީ ހާޒިރުކުރަން އުޅޭކަމުގެ ވާހަކަ. އެބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ މުޅި ޤައުމު މިއޮތީ އިބޫއާ އެކުގައޭ. އެބޭފުޅުންވެސް މިއޮތް މަދު ދުވަސްކޮޅުވެސް މައިތިރިވެގެން ތިއްބަވާށޭ،" ރޮޒައިނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް