25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ކޯލިޝަނާއި ގުޅުނު މީހާ

ގައްދޫ އިން ކޯލިޝަނާއި ގުޅުނު ފެނަކައިގެ މުއައްޒަފަކު ހދ. ހަނިމާދޫއަށް ފޮނުވާލައިފި

  • ޝަރީފު ބުނީ، އިބޫއަށް މަރުހަބާ ކިއުމަށް ބަނދަރަށް ދިޔައީ އެ ރޯޅި އަންނާނެކަން އެނގި ހުރެކަމަށް
ސިމާހާ ނަސީމް އަދި އާމިނަތު ނުޒުހާ | sim_kamana

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 23:42 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ. ގައްދޫގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ގދ. ގައްދޫގައި އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކޯލިޝަނާއި ގުޅުނު ގދ. ގައްދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ އެރަށު ރަންނާޅިގޭ މުހައްމަދު ޝަރީފު ހދ. ހަނިމާދޫގައި ހުންނަ ފެނަކައިގެ އޮފީހަށް އާދިއްތަ ދުވަހު ބަދަލުކޮށްފިއެވެ.

 ރާއްޖެ.އެމްވީއަށް މައުލޫމާތު ދެމުން މުހައްމަދު ޝަރީފު ބުނީ، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް މަރުހަބާ ކިއުމަށް ބަނދަރަށް ދިޔައީ އެ ރޯޅި އަންނާނެކަން އެނގި، ފޮއްޓަށް އެއްޗެހިވެސް އަޅާފައިކަމަށެވެ.

އޭނާ ބުނީ އެގޮތަށް ސަރުކާރުން ދައްކާ ބިރަށް ފަހަތަށް ޖެހި އޭނާގެ ނިންމުން ބަދަލު ނުކުރާނެކަމަށެވެ. އޭނާ ބުނީ، ސަރުކާރުން ކުރި މި ޖެއްސުން އެއްގޮތަކަށްވެސް ބަލައިނުގަންނަ ކަމަށެވެ.

"އަޅުގަނޑު އަދި ވަކިގޮތެއް ނުވެސް ނިންމަން. ނުދާނެއެކޭވެސް އަދި ދާނަމެކޭވެސް ނުބުނާނަން. އަދި ބަދަލުވުމާއިމެދު ނުވިސްނަން،" އޭނާ ބުންޏެވެ.

އޭނާ އަށް ފެނަކައިން ފޮނުވާފައިވާ ނޯޓިސްގައި އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަނިމާދޫ ފެނަކައިގެ ވަޒީފާއަށް ނުކުތުމަށް ވަނީ އަންގާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް