15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

އިންޑިއާ ސަރުކާރާއި ގާތްގުޅުމެއް އުފައްދާނަން، މައްސަލަތައް ހައްލުކޮށްދޭނަން: ފައިސަލް

  • ވިޔަފާރިވެރިން އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށް ފައިސަލް ވަނީ ގޮވާލައްވާފަ
  • އާސަންދައިގެ ޚިދުމަތް އެންމެންނަން ހަމަހައަށް ދޭނަނަން
  • އިންޑިއާގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެެއްގެ ދިވެހިން ވަނީ ބައިވެރިވެފަ
މުހަންމަދު ވިސާމް | sampathmasiw

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 23:42 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޖަލްސާއަށް ފަހު އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާއެއް ފައިސަލް އާއި އެކު ފޮޓޯއެއް ނަަގަނީ -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އިންޑިއާ ސަރުކާރާއި ގާތްގުޅުމެއް އުފައްދާ ދިވެހިންނަން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮޓަލް ރޫބީ އެރީނާގައި ބޭއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ބޭރު ގައުމުތަކާއި ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ލިބުމުގައި ދަތިތަކާއި ދިމާވެފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އިންޑިއާ އާއިއެކު ގާތް ގުޅުމެއް ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ބާއްވައި، އެކަންކަން ހައްލުކޮށްދެވާނެ ކަމަށެވެ.

"އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަން ޔަގީންކަން އަރުވަނީ، އަބަދުވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރެވޭ ގޮތަކަށް ބޭރު ދުނިޔޭގެ ގައުމުތަކާއި، ވަކިން ހާއްސަކޮށް އަޅުގަނޑަގު ތަކުރާރުކުރާ ހިތްވޭ، އިންޑިއާއި ގާތްގުޅުމެއް ބާއްވާނަމޭ. އާދެ، އާސަންދައިގެ ވާހަކަ ދެންމެ ދެކެވިގެން ގޮސްފި، މިއަދު ވެސް އަޅުގަނޑުމެން ޒިޔާރަތްކުރި ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކި، ވަރަށް ކަންބޮޑުވޭ، އަޅުގަނޑުމެން އެކަމާއި ވަރަށް ދެރަވެ ހިތާމަ ކުރަން،" ފައިސަލް ވިދާޅުވިއެވެ.

 

ބޭސްފަރުވާއަށް ގޮސް އުޅޭ ގިނަ އަދަދެއްގެ ދިވެހިންނާއި ޓްރިވެންޑްރަމްގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން ދިމާވިކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ވަކި ކުލައަކަށް ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އާސަންދައިގެ ޙިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

މި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިފައި

"އަޅުގަނޑު ޔަގީންކޮށް ދިވެހި ރައްޔިތުންނަން އަރުވަން، މި ފަސްގަނޑުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަން ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިޔާ ކުލަ އަކަށް ބެލުމެއް ނެތި، ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، ނިސްބަތްވާ އަތޮޅަކަށް ރަކަށް ބެލުމެއް ނެތި، ދިވެހި ސަރުކާރުން އޭރަކު ދޭންޖެހޭ ހިދުމަތްތައް، ވަކިން ހާއްސަކޮށް ބޭސްފަރުވާގެ ޙިދުމަތްތައް، އާސަންދައިގެ ހިދުމަތްތަށް ދޭނަމޭ،" އާސަންދާގެ ހިދުމަތާއި ގުޅޭގޮތުން ބޭސްފަރުވާއަށް ޓްރިވެންޑްރަމްއަށް އައިސްއުޅޭ ގިނަ ދިވެހިން ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ތެރޭގައި ދިވެހި ގައުމު ތަރައްގީ ކުރުމަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ތިބިކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ސަރުކާރުގެ ދިފާއުގައި ދިވެހި ރައްޔިތުންނާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އެ ވިޔަފާރިވެރިންގެ ނަން ކިލަނބު ވެގެންދާނެ ކަމެއް ކަމަށެވެ. ނިކަމެތި އާންމު ރައްޔިތު މީހާގެ ހާލު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއްބަޔަކީ ވިޔަފާރިވެރިން ކަމަށްވާއިރު، އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެވަޑައިގަތުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

ޖަލްސާއަށް ފަހު އިންޑިއާގައި ދިރިއުޅޭ ދިވެހިން ފައިސަލް އާއިއެކު ފޮޓޯ ނަގަނީ

"ވޭތެވެދިޔަ 30، 40 އަހަރު ގައުމު ބިނާކުރުމަށްޓަކައި، ގިނަ ގުނަ ހިދުމަތްތަކެއް ކޮށްފައިވާ ފުންނާބު އުސް، ވިޔަފާރިވެރިންނަން އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދަންނަވަން އޮތީ ތިބޭފުޅުން ހިތުގައި އޮތް ގޮތަށް ތިބޭފުޅުން ނުކުންނަވާށޭ، ވަކި އެއްޗެއް ހިތުގައި ބާއްވައިގެން ދިމާވެދާނެ ފިއްތުންތަކަށް، ދިމާކުރުވަމުންދާ ފިއްތުންތަކަކާ ހެދި، ތިބޭފުޅުން ފަހަތަށް ޖެހިވަޑައި ނުގަންނަވާށޭ،" ވިޔަފާރިވެރިންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް