19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

މާލޭ ސިޓީގެ 7 ވޯޓް ފޮށްޓަށް ބަދަލު ގެނެސްފި

  • ބަދަލު ގެނެސްފައިވަނީ ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު
ސިމާހާ ނަސީމް | sim_kamana

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 23:34 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އިސީގެ އިލެކްޝަންސް ސެންޓަރ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، މާލޭސިޓީގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ހަތް ވޯޓު ފޮށްޓަކަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން ގެނެސްފައިވާ ބަދަލުގެ ތެރޭގައި ހުޅުމާލެ އެހެނިހެން 4 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ހުޅުމާލެ އެހެނިހެން 8 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުމާއި ވިލިމާލެ 4 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ވިލިމާލެ 3 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން ހިމެނޭ ކަމުގައެވެ.
މީގެ އިތުރުން ވިލިމާލެ އެހެނިހެން 4 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ވިލިމާލެ އެހެނިހެން 2 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖައްސާފައިވާއިރު ގަލޮޅު ދެކުނު 5 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން މާފަންނު މެދު 2 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖައްސާފައި ވަކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ހދ އަތޮޅު މާލެ 5 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ހދ.އަތޮޅު މާލެ 4 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖައްސާފައިވާކަމަށާއި އދ އަތޮޅު މާލެ 3 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން އދ އަތޮޅު މާލެ 1 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖައްސާފައި ވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.
ބަދަލު ގެނެސްފައިވާ ހަތް ވަނަ ވޯޓް ފޮއްޓަކީ ލ އަތޮޅު މާލެ 4 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ލ. އަތޮޅު މާލެ 3 ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުމެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް