25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިޚާބު 2018

މާލެއިން އިބޫއަށް 77 އިންސައްތަ ލިބޭނެ: ރައީސް ނަޝީދު

  • އެމްޑީޕީއިން ދޮރުންދޮރަށް ހިނގުމުން ފުރަތަމަ ނަތީޖާ ސާފުވެއްޖެ
މިއުވާން މުހައްމަދު | Miuvaan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 22:23 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އިބޫގެ ކެމްޕެއިންގައި ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާ -- ފޮޓޯ: ރާއްޖެ އެމްވީ

މާލޭގެ ރައްޔިތުންގެ 77 އިންސައްތަ ރައްޔިތުން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ވޯޓުދޭން ވައުދުވާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގައި އެމްޑީޕީއިން ދޮރުންދޮރަށް ހިނގުމުން ފުރަތަމަ ނަތީޖާ ސާފުވެއްޖެކަމަށާއި، ﷲ އަށް ޙަމްދު ކުރައްވާކަމަށެވެ.

ރައީސް ނަޝީދުގެ ޓުވީޓަށް ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން މަރުހަބާ ދަންނަވައި ޓުވީޓުކުރަމުންދާއިރު، އެމަނިކުފާނާއި ޖަދަލުކޮށް، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ބައެއް ބޭފުޅުންނާއި ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ރައްދު ދެއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ޓުވީޓަށް ރައްދު ދެއްވަމުން ސަރުކާރުގެ ދިފާޢުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެބޭފުޅުންގެ ދޮރުން ދޮރަށް ކެމްޕެއިނުން ފެނިގެންދަނީ ރައީސް އަބްދުﷲ ޔާމީނަށް 85 އިންސައްތަ ވޯޓު ރައީސް ޔާމީނަށް ލިބޭނެކަން ކަމަށެވެ. 

މާލެއަކީ މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް އައި ފަހުން އަބަދުވެސް އެމްޑީޕީއިން މެޖޯރިޓީ ނަގަމުން އަންނަ ރަށެކެވެ. އަދި ރިޔާސީ އިންތިޚާބުގެ އިތުރުން މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެމްޑީޕީއިން އަބަދުވެސް މެޖޯރިޓީ ނަގައެވެ. މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީއިން ކާމިޔާބުކުރިއިރު، ގެއްލުނު ހަމައެކަނި ގޮނޑި ކާމިޔާބުކުރެއްވީ ޑީއާރްޕީގެ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް