19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ގއ ކޮލަމާފުށި

ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ ބަންދު އަމުރު މުރާޖައާ ކުރުމަށް އެދިއްޖެ

  • އެމީހުންގެ ބަންދުގެ މުއްދަތަށް ޖަހާފައިވަނީ 15 ދުވަސް
  • އެދިފައިވަނީ ޝަރުތު ތަކަކާއެކު ނަމަވެސް ދޫކޮށްލުމަށް
  • ހައްޔަރުކޮށްފައިވަނީ މުޅިންވެސް އެމްޑީޕީ މީހުން
އަހުމަދު މުހުސިނު | dhonbandaara

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 20:43 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ކޮލަމާފުށިން ހައްޔަރުކުރި މީހުން ގެންދަނީ -- ފޭސްބުކް

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާއިވާ ގއ. ކޮލަމާފުށީ 18 މީހުންގެ ބަންދުގެ އަމުރު މުރާޖައާ ކޮށްދެއްވުން އެދި ހުށަހަޅައިފިއެވެ.

އެމީހުންގެ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޮލަމާފުށިން ހައްޔަރު ކުރި 18 މީހުންގެ ބަންދުގެ އަމުރު މުރާޖައާ ކޮށްދެއްވުން އެދި ގއ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އާދީއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މަހްފޫޒް ވިދާޅުވީ ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ނަމަވެސް ބަންދުން ދޫކޮށްލުމަށް  އެދިފައިވާނެ ކަމަށެވެ.

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން ހައްޔަރު ކުރިމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވަނީ ވަކީލުންގެ ހާޒިރުވުމަކާއި ނުލަ އެވެ. އަދި މުއްދަތުގެ މަޖިލީސް ކުރިއަށްގެންގޮސްފައި ވަނީ ސިއްރު މަޖިލީހެއްގެ ގޮތުގަ އެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށްކޮށްފައި ވަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ހައްޔަރުކުރި މީހުން ތިބީ ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.

މި މީހުން ހައްޔަރުކުރިއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކޮށްލަން ގޮވާލި ޕީޕީއެމްގެ އެކްޓިވިސްޓް ހައްޔަރެއް ނުކުރެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ockތ

3 މަސް ކުރިން

މިހާރުން މިހާރަށް ދޫކުއްލުމައް ގޮވާލަން،

0
0