20 ފެބުރުއަރީ 2019 | ބުދަ | 08 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ހދ ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދުގައި ހުރި ގެތައް ހުސްކުރަން ފަސް ދުވަހުގެ ނޯޓިސް ދީފި

  • މިހާތަނަށް ހުސްކުރީ މީހުން ނޫޅޭ 4 ގެއެއް
  • ބަދަލު ދޭ ގޮތާމެދު ގެތަކުގެ ވެރިން ކަންބޮޑުވޭ
އަހުމަދު މުހުސިނު | dhonbandaara

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 19:57 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ކުޅުދުއްފުށި އެއަރޕޯޓް އެޅުމަށް އެރަށް ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މުހައްމަދު ފަޒީން

ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދުގައި ހުރި ގެތައް ހުސްކުރަން ފަސް ދުވަހުގެ ނޯޓިސް ދީފިއެވެ.

އެއިން ގެއެއްގެ ވެރިފަރާތުން ރާއްޖެ އެމްވީއަށް ބުނީ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ ގެތަކުން ނުކުތުމަށް އަންގާފައިވާ ކަމަށެވެ.

އޭނާ ބުނީ އެ ގެތަކުން ނުކުމެ އެހެން ތަނެއްގައި ދިރިއުޅުމަށް ދިހަ ހާސް ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަކަށް ކޮންމެ މަހަކު ފައިސާ ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. މިހާތަނަށް ހުސްކޮށްފައި ވަނީ މީހުން ނޫޅޭ ހަތަރުގެއެކެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހާ ބުނީ އަށް މަސް ދުވަސް ވަންދެން އެގޮތަށް ކުލި ދެއްކުމަށް ސަރުކާރުން އެއްބަސްވެފައި ވާއިރު ފުރަތަމަ އެއްބަސްވެފައި ވަނީ އެއްފަހަރާ ފައިސާ ދިނުމަށް ކަމަށެވެ. ނަމަވެސް މިހާރު ފައިސާ ދޭނީ ކޮންމެ މަހަކަށް ކަމަށް އޭނާ ބުންޏެވެ. 

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ބުނީ ގެތަކުގެ ބަދަލެއްގެ ގޮތުގައި ދޭ އެއްޗަކާމެދު އެގެތަކުގެ ވެރިން އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަގުމަގު ކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށެވެ. އަގުމަގު ކުރުމުގައި ހަމަޖެހޭ އެއްވެސް އުސޫލެއް ނެތްކަމަށާއި ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެކަންކޮށް ނިންމާލީ ކަމަށް އޭނާ ބުންޏެވެ.

ބަދަލުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ގޯތިވެސް ދީފައިވަނީ ގުރުއަތަކަށްވެސް ނުގޮސްކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއް ލަތީފް ވިދާޅުވީ ގެތަކަށް ބަދަލު ދިނުމަށް ނިންމާފައިވާ މިންވަރާމެދު އެ ގެތަކުގެ ވެރިފަރާތްތަކުންނާއި ކުޅުދުއްފުށީ ކައުންސިލުންވެސް ކަންބޮޑުވާ ކަމަށެވެ.

ލަތީފްވެސް ވިދާޅުވީ ގެތަކުގެ އަގު ކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް އެއްވެސް ހަމައެއް އިންސާފެއް ނެތިކަމަށެވެ.

ކުޅުދުއްފުށީގައި އެއަރޕޯޓް އަޅާ ސަރަހައްދުގައި 18 ގެއެއް އެބަ ހުއްޓެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް