26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިޚާބު 2018

އިލެކްޝަންސްގެ ސިސްޓަމްގެ ނަކަލެއް މުލީއާގޭގައި ވާކަމަށް ޑރ. ޖަމީލު ވެސް ތުހުމަތުކުރައްވައިފި

  • ޕެރެލަލް ސިސްޓަމެއް ހުރުމަކީ އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް
މިއުވާން މުހައްމަދު | Miuvaan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 17:57 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް -- ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހަށް އިލެކްޝަންސް ކޮމިޝަންގައި ހުރި މައުލޫމާތު ލީކުވެފައިވާކަމަށް ބެލެވޭކަމަށް އެކޮމިޝަނުންވެސް އެއްބަސްވެފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމުގެ ޕެރެލަލް ސިސްޓަމެއް މުލީއާގޭގައި ހުރިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ތުހުމަތުކުރައްވައިފިއެވެ.

ޑރ. ޖަމީލް އާދިއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުލީއާގޭގައި އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމުގެ ޕެރެލަލް ސިސްޓަމެއް ހުރުމަކީ އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. 

ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމްތަކާއި ނަތީޖާއާއި ކުޅުމުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުން ނަގާފައިވާ ކަމަށެވެ. އަދި މިއީ ސީދާ އިލެކްޝަންސް ކޮމިޝަންގެ ސައްހަކަން ގެއްލި، މުޅި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދައުވާ އުފުލޭނެކަމެއް ކަމަަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. 

އަދި މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން މިކަންކަމުގެ ތެދު ދޮގު ބަޔާންކޮށް، އެއްވެސް މިންވަރަކަށް ސަރުކާރުގެ ބާރުގެ ދަށަށް އިންތިޚާބުގެ ޕްރޮސެސް ނުދާނެކަމުގެ ޔަޤީންކަން ދޭން ޖެހޭކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އާދިއްތަ ދުުވަހު ކުރެއްވި ޓުވީޓުގައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ އިންޑިއާއާއި ވިލާތުގެ އިއްތިޙާދުގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމައުން ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެހީތެރިވެދޭން ޖެހޭކަމަށެވެ.

އާދިއްތަ ދުވަހު ކުރެއްވި އެހެން ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސަރުކާރު ލިބުމުން ރައީސް އަބްދުﷲ ޔާމީން އަމަލުކުރެއްވި ގޮތުންކަމަށެވެ. އަދި ޕީޕީއެމްއަށް ދިރުން އަންނާނީ މިވެރިކަން ނިމުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

fareed

3 ހަފްތާކުރިން

No space for Jameel.in MDP govt

0
0