21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޝަހީމް އިލްޔާސް

ފަސް އަހަރުން ފާޅުވާ އިލްމުވެރިންނަކީ ކޮބައި ކަމެއް ނޭނގުނު!

  • ވަކި ކަމަކަށް ތިމާ ދަހިވެތިވުމުން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ
  • އަޚުންކަމުގައި ދެކޭ މީހުން ހަތުރުންނަށް ބަދަލުވޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 17:31 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


ޝަހީމާއި އިލްޔާސް އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި -- ގޫގުލް

ވަކި ވަރަކަށްވުރެ ބޮޑަށް ވަކި ކަމަކަށް ތިމާ ދަހިވެތިވުމުން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ފަހަރު އާދެއެވެ. ހަމައެއާއެކު ތިމާ އެންމެ ލޯބިވާ އަޚުންކަމުގައި ދެކޭ މީހުން ހަތުރުންނަށް ބަދަލުވާ ފަހަރު އާދެއެވެ. ކުރިން ތިމާ ދެއްކި ވާހަކަތައް ހަދާންނެތި އެއަށްވުރެ ލޯބިވާ ބަޔަކު މިއުޑުދަށުގައި ނެތް ކަމަށް ބުނި ބަޔަކަށް، ރަތް މަހަކަށްވެސް ނުދޭ ވަރުކޮށްލާތަން ފެންނަލެއް މަދެއް ނޫނެވެ. އެގޮތުން ޝައިޚް އިލްޔާސް ހުސައިނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވުމަކީ އެފަދަ ނަޒަރިއްޔާތަކުން ބެލިދާނެ ކަމެކެވެ.

ޝައިޚް އިލްޔާސް ހުސައިނާއި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. ޝަހީމްގެ ވާހަކަތަކުން އެމަނިކުފާނާ އެކުގައި މަސައްކަތްކުރައްވަން ހަމައެކަނި ބޭނުންފުޅުވާ ދެބޭފުޅުންގެ ތެރޭ އިލްޔާސަކީ އެކަކެވެ. ނަމަވެސް ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ޝޭޚް އިލްޔާސް ވިދާވުމުން އެކަންވެގެންދިޔައީ ޝަހީމަށް ހަޖަމްކުރައްވަން ދަތިފުޅުވި ކަމަށެވެ. އެވާހަކަތަކުގެ ރައްދުގައި ކޮންމެ ފަސް އަހަރަކުން އެއް އަހަރު، ޝެއިޚަކު ނިކުމެ ދިވެހިރާއްޖޭގެ ވެރިމީހާއަށް ހުކުމް އިއްވައިގެން ޤާނޫނީ ވެރިކަން ވައްޓާލާކަށް ނުޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝެއިހުން ފަތުވާދީގެން ވެރިކަން ވައްޓާނުލެވޭނެ ކަމަށް ވިދާޅުވެ ޝަހީމްގެ ބަހުގެ ޙަމަލާތައް އަމާޒުކުރެއްވީ ޝޭޚު އިލްޔާސަށެވެ.

ޝޭޚް އިލްޔާސްގެ ވާހަކަތައް ހަޖަމު ކުރައްވަން ޝަހީމަށް ދަތިފުޅު ވެދާނެއެވެ. ސަބަބީ މިއަދު ޝަހީމު އެ މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ވަޑައިގަތުމަށެވެ. އެތަކެއް ދުވަހު ކުރަމުން އައި އުއްމީދަކަށް ހުރަސް އެޅޭފަދަ އެއްޗެއް މީހަކު ބުނެފިނަމަ އެކަން ބަލައިގަންނަ އުދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޝަހީމާއި އިލްޔާސް އާއި ދެމެދު އުޑާއި ބިމާއި ހުރި ތަފާތު ހުންނަ ކަމަށް ގިނަ ރައްޔިތުން އެއްބަސްވެއެވެ. ސަބަބަކީ ދެގޮތެއް ނުވެ ޙައްޤުބަސް ބުނުމުގައި އިލްޔާސް އެއްގޮތެއްގައި ހުންނެވުމެވެ. 2008 ވަނަ އަހަރު އެމްޑީޕީ ކޯލިޝަން ވެރިކަމަށް ގެނައުމުގައި އިލްޔާސްގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުންވެސް ގޯހުން ކުރާ ކަންކަމާއި ދެކޮޅަށް ބަސް ބުންޏެވެ. ނަމަވެސް މިހުރިހާ ދުވަހު ޝަހީމު ހުންނެވީ އަނގަމަތީގައި މަލަންގަނޑެއް އަޅުއްވައިގެންނެވެ.

ދީނީ ނަޒަރުން ބެލި ކަމުގައި ވިއަސް އިލްޔާސް އުޅުއްވަނީ ޝަހީމަށް ވުރެ މާ ކުރީގައި ކަމަށް ބެލެވެއެވެ. ރައްޔިތުންގެ މެދުގައި ދީނީ ދަރުހެއް ބޭއްވިއަސް ބައި ބޯވާނީ އިލްޔާސް ދެއްވާ ދީނީ ދަރުސުތަކެވެ. އެކަމާ ޖަދަލުކޮށް ޝައްކުކުރާނެ ރައްޔިތަކު ނެތެވެ. މި ހުންނަނީ މިކަމުގެ ކުޑަ ކުޑަ ހެއްކެކެވެ. މިހިރަ ކަންތައްތައް ޚުދު ޝަހީމް ވެސް އަމިއްލަފުޅަށް ޤަބޫލު ކުރައްވާނެކަން ޔަޤީނެވެ. ދެން އޮތް އަނެއް ކަމަކީ އިލްޔާސްގެ ވާހަކައިގައި، ފަތުވާއަކުން ވެރިކަން ވައްޓާލާ ވާހަކައެއް ނުދައްކަވައެވެ. އެހެން ނަމަ ރައީސް ޔާމީން ނޫން ބޭފުޅަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ވިދާޅުވާ ސަބަބު ޝަހީމްވެސް ސާފުކޮށްދެއްވުން ރަނގަޅުވާނެއެވެ. އިސްލާމްދީން ރާއްޖޭގައި މި އޮންނަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެނެއް ނޫނެވެ. ޒަމާން ގަނޑަކަށް އަދިރި އަދިރިންވެސް ދިވެހިރާއްޖޭގެ މައްޗަށް ވެރިގަނެގެން މިތަނުގައި ވެރިކަންކުރިއެވެ. ދިވެހިންގެ ކަރަށް ގަދަކަމުން ރާ އެޅަމުންދިޔައިރުވެސް މިގައުމުގެ ފަސްގަނޑުން އިސްލާމްދީން ފޮހިވެގެން ގޮސްފައެއް ނުވެއެވެ.

ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުޙިއްމު ސިފަޔަކީ ޢަދުލު އިންސާފު ޤާއިމް ކުރުމެވެ. އެސިފަ ނެތް ކަމުގައިވާ ނަމަ ރައްޔިތުންވެސް ދީނީ އިލްމުވެރިންވެސް އެވާހަކަ ދައްކާނެއެވެ. ވެރިކަން ވައްޓާލަން އުޅޭ ވާހަކަ އާއި އިސްލާމްދީނުގެ ކާޑު ކުޅުއްވުމުގެ ބަދަލުގައި އަދުލު އިންސާފުގެ ވާހަކަ އާއި، އަނިޔާ ވެރިކަމާއި ގުޅޭ ގޮތުން އިލްޔާސް ވިދާޅުވި ވާހަކަތައް ޝަހީމު ރައްދު ނުދެއްވަނީ ކީއްވެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މާ މުހިންމު ކަމެކެވެ.

އިލްޔާސް ވިދާޅުވީ ޤުރުއާނުގެ އާޔަތާ ހަދީޘެވެ. އިލްޔާސް ދެއްކެވި ވާހަކަ އެއީ ހައްގުކަން އާންމު ރައްޔިތުންނަށް ވުރެ ބޮޑަށް އެނގޭނީ ޝަހީމްފަދަ ޢިލްމު ވެރިންނަށެވެ. އެވިދާޅުވި އާޔަތްތަކާއި ވިދާޅުވި ހަދީޘަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޝަހީމަށް ވިދާޅުނުވެވޭނަމަ ދެން އިތުރަށް ދައްކާނެ ބަހަނާއެއް ނެތެވެ.  މިއަދު މަގާމުގެ ދަހިވެތި ކަމުގައި އުޅެނީ ކާކުކަން އެންމެނަށް ވެސް އެނގެއެވެ. އިލިޔާސް ބުނީ އަބަދުވެސް މިހާރުވެސްމާދަންވެސް ހައްޤު ބަސް ބުނާނެ ވާހަކައެވެ. ނަޝީދު ކުރި ގޯސް ކަންކަމާ ދެކޮޅަށް ވަކާލާތު ކުރެއްވިއެވެ. ރައީސް ޔާމީން ކުރާ ގޯސް ކަންކަމާވެސް ދެކޮޅުވާން ވާނެއެވެ. އިބޫ ހޮވިގެން އިބޫ ވެސް އަނިޔާ ވެރި ވާނަމަ އެކަމާ ދެކޮޅުވާނެ ޢިލްމުވެރިއެއް ކަން އިލްޔާސް ދެއްކެވި ވާހަކަ އަޑު އެހި މީހަކަށް އެނގޭނެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދުވާފަރު މީހާ

6 މަސް ކުރިން

ތިޔަ ސުވާލު ތައް ކުރައްވަން ޖެހޭނީ އިސްލާމްދީން މި ޤައުމަށް ގެނައި މީހުންނާ ކަމަށް ވިދާޅުނުވީ ކީއްވެތޯ؟

0
0