25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ޝަހީމްގެ ރަށުން، ސަރުކާރަށް ނޫނެކޭ ބުނެ، އިބޫއަށް އޮތް ތާއިދު ދައްކާލައިފި

  • ގިނަ އަދަދެއްގެ ބަޔަކު އިބޫގެ އިސްތިއުގުބާލުގައި ބަނދަރުމަތީގައި ތިބި
ޙުސައިން ޙަސަން | hucenhassan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 17:01 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ގއ. މާމެންދޫއިން އިބޫއަށް މަރުހަބާ ކިޔުން -- ފޮޓޯ: ޙުސައިން ޙަސަން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝާހީމްގެ އުފަން ރަށް، ގއ. މާމެންދޫއިން ސަރުކާރަށް ނޫނެކޭ ބުނެ، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އޮތް ތާއިދު ދައްކާލައިފިއެވެ.

ހުވަދު އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅުގައި އާދީއްތަ ދުވަހުގެ މެންދުރުފަހު މާމެންދޫއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ، އެމަނިކުފާނަށް އޮތް ތާއިދު ދައްކާލާފައެވެ. އެގޮތުން ބަނދަރުތަމަތީ ސަރަހައްދަށް ޖަމާވެފައި ތިބި މީހުންނާ ސަލާމް ކުރެއްވުމުގައި އިބޫ ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވިއެވެ.

އިބޫ މާމެންދޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި، އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ އާއިލާގެ ގިނަ ބޭފުޅުން ބަނދަރު ސަރަހައްދަށް ވަޑައިގެން ތިއްބެވިއެވެ. ޖަލަށްލާފައިވާ މުހުތާޒަށް ދެމުންދާ އަނިޔާއާ ދެކޮޅަށް، އެ އާއިލާ ސަރުކާރާ ދެކޮޅަށް ތެދުވެފައިވާއިރު، އޭނާގެ ބައްޕާފުޅު އަބްދުﷲ މުހުސިން ވެސް ކުރީ ސަފުގައި އިބޫއަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ވަޑައިގެން ހުންނެވިއެވެ. އަދި މާމެންދޫގެ މީހުންނާ އިބޫ ސަލާމް ކުރެއްވި ވަގުތު ވެސް އިބޫގެ އަރިހުގައި މުހުސިން ހުންނެވިއެވެ.

މީގެ އިތުރުން ޖަލު ހުކުމް ތަމްފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ގާޒީ ނިހާންގެ އާއިލާގެ މެމްބަރުން ވެސް އިބޫގެ އިސްތިގުބާލުގައި ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިއްބެވެ.

މާމެންދޫގައި ދެ ޖަގަހައެއް ހުޅުވުމަށްފަހު، ބޭއްވި ހަފްލާގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ވިދާޅުވީ އީބޫއަށް ތާއިދު ކުރަން ނިންމާފައި ވަނީ ޕީޕީއެމްގެ ތާއިދު ބޮޑު އާއިލާތަކުން ކަމަށާއި މިފަހަރުގެ އިންތިހާބުގައި މާމެންދޫއިން އިބޫއަށް 80 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބޭނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީނަށް މި ރަށުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުގެ ތެރޭގައި އިންސާފުން ބޭރުން ކަންތައް ކުރައްވާފައިވާ ބޭފުޅުން މިނިވަން ކުރައްވާނެ ކަމަށާއި އެގޮތުން ހައްޔަރުކޮށްފައިވާ ކުރީގެ ޕީޖީ މުހުތާޒާއި ގާޒީ ނިހާން މިނިވަން ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް މާމެންދޫއިން ލިބިފައި ވަނީ 50.3 ޕަސެންޓް ވޯޓެވެ. އަދި ޕީޕީއެމަށް ލިބިފައި ވަނީ 49.7 ޕަސެންޓް ވޯޓެވެ.

ކައުންސިލް އިންތިހާބުގައި ވެސް މެޖޯރިޓީ ލިބިފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ. އެގޮތުން މި ރަށުގެ ކައުންސިލްގެ ތިން ގޮނޑިވެސް ހޯދާފައި ވަނީ އެމްޑީޕީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް