13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިޚާބު 2018

ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު އެމެރިކާއިން ކަނޑާލައިފި

  • އެހީތައް ކަނޑާލާނެކަމުގެ އިޝާރާތެއް ކުރިންވެސް އެމެރިކާއިން ދިން
  • ޕާކިސްތާނުގެ އިތުރުން ފަލަސްތީނަށް އެހީވާ އދގެ ޖަމްއިއްޔާއަށް ދޭ އެހީވެސް އެމެރިކާއިން ވަނީ ކަނޑާލާފައި
މިއުވާން މުހައްމަދު | Miuvaan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 16:40 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ޕާކިސްތާނާއިމެދު އެމެރިކާއިން ކުރާ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރޭ -- ގެޓީ އިމޭޖާސް

ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު ކަނޑާލުމަށް އެމެރިކާއިން ނިންމައިފިއެވެ. 

އެމެރިކާގެ ދިފާޢި ވުޒާރާ ޕެންޓަގަންއިން ބުނީ ޕާކިސްތާނަށް ދޭ އެހީއިން ބައެއް ކަނޑާލަން ޖެހުނީ ހަނގުރާމަވެރި ޖަމާޢަތްތައް ހުއްޓުވުމަށް އެޤައުމުގެ އަސްކަރިއްޔާއަށް ނުކުޅެދުމުންކަމަށެވެ. ޕެންޓަގަންއިން ބުނީ އެމެރިކާއިން ދޭ އެހީގެ ދާއިރާތައް އިތުރަށް އެޤައުމުން ވިސްނަމުންދާކަމަށެވެ. ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ކަނޑާލާނެކަމަށް އެމެރިކާއިން ރަސްމީކޮށް ހޮނިހިރު ދުވަހު އިއުލާންކުރިނަމަވެސް، ޕާކިސްތާނަށް ދޭ ހުރިހާ ސަލާމަތީ އެހީއެއް ކަނޑާލާނެކަމަށް އެމެރިކާއިން މިދިޔަ ޖެނުއަރީ މަހު ވަނީ އިއުލާންކޮށްފައެވެ. 

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނުން އެމެރިކާގެ އެހީ ހޯދުމަށްފަހު އެމެރިކާއަށް އޮޅުވާލަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނަކީ ހަނގުރާމަވެރިންނަށް ރައްކާތެރި މާހައުލެކެވެ. އަދި އެޤައުމުގައި ތިބެގެން ސަރަހައްދީ ރޮނގު ހުރަސްކޮށް އަފްޣާނިސްތާނަށް ހަނގުރާމަވެރިން ހަމަލާދެމުންދާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ޕެންޓަގަންއިން ވަނީ ހައްޤާނީ ނެޓްވޯކާއި، ޕާކިސްތާނުގެ ޠާލިބާނުން ހުއްޓުވުމަށް ޕާކިސްތާނަށް ނުކުޅެދިފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއިން ވަނީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިޙާ ޓެރަރިސްޓް ގްރޫޕްތަކާއި ދެކޮޅަށް ހަނގުރާމަކުރުމަށް ޕާކިސްތާނަށް ގޮވާލާފައެވެ. 

އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީގެ ތެރެއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ކަނޑާލާފައިވާކަން އިއުލާންކޮށްފައި މިވަނީ ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާންއާއި ބައްދަލުކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިސްލާމްއާބާދަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. 

ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ކަނޑާލުމަށް އެމެރިކާއިން ނިންމިއިރު، ހުކުރު ދުވަހު އެމެރިކާއިން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދގެ ޖަމްއިއްޔާ، ޔޫއެން ރިލީފް އެޖެންސީއަށް ދެމުންދާ އެހީވެސް ކަނޑާލާފަައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް