24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

އިސްލާމިކް މިނިސްޓްރީ

ފިތުނައިގެ އަސްލަކަށް މިސްކިތުގެ އިމާމުން ވެގެންނުވާނެ: މިނިސްޓަރު ބާގިރު

  • ފުލުހުން ފޮނުވައިގެން އަސުރު ނަމާދު ކުރުވަން ޖެހުނު
  • އެ ހާދިސާތަކުގެ ތަފްސީލެއް ނުދެއްވާ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 15:26 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އިސްލާމިކް މިނިސްޓަރު ބާގިރާއި ރައީސް ޔާމީންގެ ކެންޑިޑޭޓް ޑރ ޝަހީމް ބައްދަލުކޮށްލައްވަނީ -- ޓްވިޓަރ

ފިތުނައިގެ އަސްލަަކަށް މިސްކިތްތަކުގެ އިމާމުންވެގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒިޔާދު އެހެން ވިދާޅުވީ އިމާމުންނާއި ހާތިމުން ތަމްރީންކުރުމުގެ މަހާސިންތާ ހުޅުވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޒިޔާދު ވިދާޅުވީ ބައެއް އިމާމުންގެެ ފަރާތުން ފެންނަމުންދާ ނޭދެވޭ ކަންތައްތަކުގެެ ސަބަބުން މިސްކިތްތަކަށް ވަންނަ މީހުންގެ އަދަދު މަދުވަމުންދާ ކަމަށެވެ.

އިމާމުންގެ ސަބަބުން މިސްކިތްތަކަށް އަރާ މީހުން މަދުވާ ކަމަށް މިނިސްޓަތރު ވިދާޅުވިޔަސް އެހެން ވިދާޅުވި ސީދާ ސަބަބެއް އަދި އެފަދަ ހާލެއްގެ ތަފްސީލެއް ދެއްވާފައެެއްނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ދާދިފަހުން ރާއްޖޭގެ ރަށެއްގައި ފުލުހުން ފޮނުވައިގެން ހަވީރު 5:30 ގެ ފަހުން އަޞްރު ނަމާދު ކުރަންޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއްވެސް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދީނީ ހުކުމްތަކާމެދު އިމާމުންގެ ވިސްނުން އެ ދަރަޖައަށް ދާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަކީ އިމާމުކަމުގެ ކުފޫ ހަމަވާ މީހުންނޫން ކަމަށް ޑރ. ޒިޔާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދީނީ ކުދިކުދި މައްސަލަތައް ބޮޑެތި މައްސަލަތަކަށް ހަދައި، މިސްކިތްތަކުގެ އިމާމުންނާއި މިސްކިތްތަކަށް ދާ މީހުންނާ ތަޅާފޮޅާ ހިސާބަށް ގޮސް، ގައުމީ ދިފާއި ޚިދުމަތްތަކުން އެ ދެމެދަށް ވަންނަން ޖެހުމަކީ ބޮޑު މައްސަލައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

hiphip

3 ހަފްތާކުރިން

ރާއްޖޭގެ ސިޔާސީ މިންބަރުތަކަށް އަރާ ވާހަކަދައްކާނީ ސިޔާސީ މީހުން. ސޭހުންގެ ހެދުން ލައިގެން އެރިޔަސް އެީ ހަމަ ސިޔާސީ މީހުން. އާންމުން އެވަރު ދަތީމާ ހުންނާނީ ރަނގަޅަށް.

0
0