19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

ބަންޓީ އައުރު ބަބްލީގެ ދެވަނަ ބަޔާއި ގުޅޭގޮތުން އަބީޝެކް ބުނެފައިވަނީ މިހެން!

  • ކުރިން ޕްރޮޑިއުސަރގެ ވިސްނުންހުރި
  • ފަހުން އެއްވެސް މީހަކު އެ ފިލްމް ކުޅުމަށް ހުށައެއް ނާޅާ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 14:57 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އަބީޝެކް ބަޗަން އާއި ރާނީ މުކަރްޖީ -- އިންޑިއާ ޓައިމްސް

2005 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ބަންޓީ އައުރު ބަބްލީ" ގެ ކާމިޔާބަށް ފަހު އެއިރު ފިލްމްގެ ދެވަނަބައެއް ހެދުމަށް ފިލްމްގެ ޕްރޮޑިއުސަރ އަދިއްތުޔާ ޗޯޕްރާގެ ވިސްނުން ހުރި ކަމަށް ބޮލީވުޑްގެ ތަރި އަބީޝެކް ބަޗަން ބުނެފިއެވެ.

އަބިޝެކް ބުނެފައި ވަނީ ނަމަވެސް އެއިރު ފިލްމްގެ ދެވަނަ ބައެއް ހެދުމަށް ސްކްރިޕްޓް ތައްޔާރުކޮށްފައި ނެތް ކަމަށެވެ.

ދާދި ފަހުން ވަނީ މި ފިލްމްގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ފަށާފައި ކަމަށް ޚަބަރު ފެތުރިފައިވަނިކޮށް އަބިޝެކް ބުނެފައިވަނީ އެއްވެސް މީހަކު އޭނާ އެ ފިލްމް ކުޅުމަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަބީޝެކް ބުނެފައިވަނީ އާދީ އަށް ރަނގަޅު ސްޓޯރީއެއް ހޯދިއްޖެ ނަމަ އަދި އޭނާ ލައްވާ އެ ފިލްމް ކުޅުވަން ބޭނުންވާނަމަ އެކަން އަންގާނެ ކަމަށެވެ. މިވަގުތު އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށް އަބީޝެކް ވަނީ ބުނެފައެވެ.

"އާދީ އަހަރެންގެ ގާތު އެއްވެސް އެއްޗެއް ނުބުނަނީސް މީޑިއާގައި ދެކެވޭ ވާހަކަތައް އަހަރެން ގަބޫލެއް ނުކުރާނަން" އަބީޝެކް ވަނީ ބުނެފައެވެ.

ޝާދް އަލީ ޑައިރެކްޓް ކޮށްފައިވާ "ބަންޓީ އައުރު ބަބްލީ" އިން ފެނިގެން ގޮސްފައިވަނީ އަބީޝެކް ބަޗަން އާއި ރާނީ މުކަރްޖީ އެވެ.

"ދޫމް4" އިން ވެސް އަބީޝެކް ފެނިގެންދާނެ ކަމުގެ އަޑުތައް ވަނީ ފެނިގެން ފަށާފައެވެ. މި ފިލްމްގައި ނުބައިބައި ރޯލު ކުޅޭނީ ޝާހުރުކް ޚާން ކަމަށް ޚަބަރުތައް ބުނެއެވެ. މި އެކްޝަން ފްރެންޗައިސްގައި ވިލަންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޖޯން އަބްރަހަމް، ރިތިކް ޜޯޝަން އަދި އެންމެ ފަހުން ރިލީޒް ކުރި "ދޫމް3" އިން ފެނިގެން ގޮސްފައިވަނީ އާމިރު ޚާން އެވެ.

އުމުރުން 42 އަހަރުގެ އެކްޓަރ ހުރީ އޭނާގެ އަންހެނުން އައިޝްވަރިޔާ އާއި އެކު ދިހަ އަހަރުގެ މެދުކެންޑުމަކަށްފަހު އަލުން ފިލްމް "ގުލްބް ޖާމުން" ގައި މަސައްކަތް ކުރެވޭތީ ވަރަށް އުފަލުންނެވެ.

" ގުލާބް ޖާމޫން ކުޅެން އައިސްވަރިޔާ ވެސް އަހަރެން ވެސް ވަނީ އެއްބަސް ވެފައި. ކުރިއަށް އޮތީ އެފިލްމްގެ މަސައްކަތް. ނަމަވެސް އެ ފިލްމްގެ މަސައްކަތް ފަށާނެ އިރެއް އަދި ނުނިންމޭ" އަބިޝެކް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް