19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

އިންތިހާބަށްފަހު، މަޖިލީހުގައި އަޅުވާފައިވާ ތަޅު ހުޅުވާނަން: އިބޫ

  • ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގު އިންސާފުވެރި ނޫން ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 14:46 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ނިލަންދޫއަށް ވަޑައިގަތުމުން ދޮށީ އުމުރުގެ އަންހެނަކު އިބޫގެ ކަރުގައި މާފަތި އަޅުވަނީ -- އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައިވާ ތަޅު ރިޔާސީ އިންތިހާބަށްފަހު ހުޅުވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލިސްް ހިންގުން ވަނީ ހުއްޓުވާފައި ކަަމަށާއި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރުން މަޖިލީހުގައި ތަމްސީލު ކުރެވޭ ގޮތް ނުވެފައިވާ ކަމަށެވެ. ނަމަވެސް މި މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބަށްފަހު، މަޖިލީހުގައި އަޅުވާފައިވާ ތަޅު ހުޅުވައި މަޖިލިސް ހިންގުމުގެ ފުރުސަތު ހޯއްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މާރާމާރީތައް ހިންގުން އިތުރުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި 31 މީހަކު މަރާލެވިފައިވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެ މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ މަރުގެ ތަހުގީގު އަލުން ކުރަންޖެހޭ ކަމަށެވެ. އަދި އެ މައްސަލާގައި ގާތިލެއްގެ ގޮތުގައި ބަލައި، ހިންގާފައިވާ ތަހުގީގާއި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުން ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ މަރުގެ ހަގީގަތް ހޯއްދަވާނެ ކަމަށް އިބޫ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު މިހާތަނަށް ވަނީ 12 ރަށަށް ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް