18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސްގެ އިންޒާރު އިސްލާމިކް މިނިސްޓަރަށް: އަޅުގަނޑުގެ ދޫ ނުހުޅުވައްޗޭ!

 • ދައްކާފައި ހުރި ވާހަކަތަކާއި ސިއްރުތައް ހާމަކުރާކަށް ނެތިން
 • އަޑު އުފުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް
 • ތާއީދު ކުރަން ނިންމީ އިބޫ އާއި ފައިސަލްގެ ކިބައިން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 13:56 | |

މަގުބޫލް

 1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 5. ޕްރިޔަންކާ އިނީ ބަލިވެ؟
 6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޝެއިޚް އިލްޔާސް ހުސައިން. ގުޅުފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ އެދެބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީކަމަށް ވިދާޅުވި -- ގޫގުލް

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރަށް މަޝްހޫރު ދީނީ އިލްމު ވެރިޔާ އިލްޔާސް ހުސައިން ވަރުގަދަ "އިންޒާރެއް" ދެއްވައިފި އެވެ. 

އައްޑޫ ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، 

"އަޅުގަނޑު އިސްލާމިކް މިނިސްޓަރަށް ވިދާޅުވާނީ އަޅުގަނޑުގެ ދޫ ނުހުޅުވައްޗޭ، އަޅުގަނޑުގެ ހުޅުވިއްޖެނަމަ އަޅުގަނޑަށް ހީވަނީ ވަރަށް ދެރަކަންތައް ވެދާނެހެން. އެއީ އަޅުގަނޑުގެ ކައިރީގައި ދައްކާފައިހުރި ވާހަކަތަކާއި އެ ސިއްރުތައް އަޅުގަނޑު ނެތިން ބޭޒާރު ކޮށްލާކަށް،" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ. 

ކޯލިޝަނުން އައްޑޫގައި ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ މި ސަރުކާރުން އެތަކެއް ކަމެއް ހުށައެޅި ކަމަށާއި އެހެން ނަމަވެސް އެ ކަންތައްތަކަށް ނޫނެކޭ ބުނީ ހައްގުބަސް ނުބުނެ، ޒާތީ މަންފާ އިސްކުރުމުން އަތުވެދާނެ ކޯފާއަކަށް ބިރުވެތި ވުމުން ކަމަށެވެ.  

އަޑު އުފުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއްކަން ފާހަގަކޮށް ޝެއިޚް އިލްޔާސް ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަކީ ދީން  ހުއްދަ ކުރާކަމެއް ކަމަށެވެ. ވެރިޔަކު ހޮވަނީ ރައްޔިތުންކަމަށާއި ވެރިމީހާ ގޯސްކޮށް ކަންތައް ކުރާނަމަ އެކަން ހުއްޓުވުމަށް ތެދުވުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ވިދާޅުވިއެވެ.  އަދި ވިދާޅުވީ ހައްގު ގެއްލިގެންދާނަމަ ހައްގު ހޯދައި ދިނުމަކީ ގާޒީގެ ވާޖިބެއްކަމަށެވެ. އެހެން ނަމަވެސް މިހާރު ފެންނަނީ ގާޒީން ލައްވާ ބޭނުންވާ ހުރިހާ ހުކުމެއް ކުރުމަށްފަހު ބޭނުން ނެތުމުން އެއްލާލާތަން ކަމަށް ވިދާޅުވިއެވެ.

" ހުކުމް ކުރެއްވުމުގެ ކުރީގައި ކޮންމެ ގާޒީއަކު 100 ފަހަރު ނިސާ ސޫރަތުގެ 105 ވަނަ އާޔަތުން ފެށިގެން 113 ވަނަ އާޔަތުގެ ނިޔަލަށް ކިޔަވާ ވިދާޅުވެ މިއާޔަތް ބާވައިލެއްވުނު ސަބަބުތަކާއި މެދު ވިސްނާލެއްވުމަށް އަޅުގަނޑު ވަސިއްޔަތް ކުރަން. ނަސޭހަތްތެރިވަން. މީހަކު ބުނާ ގޮތަކަށް ނޫން ހުކުމް ކުރާނީ. ﷲ ސުބުހާނަހޫ ވަތައާލާ ބާވައިލެއްވި ގޮތަށް. ހައްގު ގެއްލިގެން އެބަދޭ، އެހެންވެއްޖިއްޔާ ހައްގު ހޯދައިދިނުމަކީ ގާޒީގެ ވާޖިބެއް، އޭރުން ﷲ ގެ ނަސްރާއި މަދަދު ލިބޭނީ. އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ގާޒީން ލައްވާ ބޭނުންވާ ހުރިހާ ކަމެއް ކޮށްފަ ބޭނުން ހިފުނީމަ ނަގާފަ ސައްޕެއް ޖަހާފަ ނަގާފަ އެއްލާލާ ތަން. އެއްލާލީމަ ބައެއް ގާޒީން ވިދާޅުވަނީ...ހާދަ އަނިޔާވެރިއޭ." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ. 

 ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމެވީ "އެ ދެ ބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީ" ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޢެދުރު

6 މަސް ކުރިން

Quruan aai sunnathuge dhaleeluthakun vaahaka eh buneemaa eah javaabu dheyn vaaneeves efadha dhaleeleh dhekkumah fahugai noonthoa

0
0
އިސީ

6 މަސް ކުރިން

ތިޔަގޮވަނީ ގުދޯގުދޯ އެކަކައްވެސް ނެތް އަނަކަކަށް އެއްޗެއްކިޔޭކަށްނެތް ހައްތަހާވެސް ބަޣާވާތުގެ މީހުން

2
0