16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބޮލީވުޑް

ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭގެ ފެށުން ހީކުރިވަރެއް ނުވި!

  • މި ފިލްމަށް ޖުމްލަ މިހާތަނަށް ލިބިފައިވަނީ 3.45 ކްރޯޑް އިންޑިއަން ރުޕީސް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 13:31 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ދަރްމިންދްރާ، ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް -- ގޫގުލް

މިދޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭ" އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ ހީކުރިވަރަށްވުރެ ދަށް ކަމަށް ޚަބަރުތައް ބުނެފިއެވެ.

ލީޑް ރޯލުން ދަރްމެންދްރާ އާއި އޭނާގެ ދެދަރިން ކަމަށްވާ ބޮބީ ޑިއޯލް އަދި ސަނީ ޑިއޯލް ފެނިގެންދާ މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.65 ކްރޯޑް އިންޑިއަން ރުޕީސް އެވެ. އަދި ދެވަނަ ދުވަހު ލިބިފައިވަނީ 1.8 ކްރޯޑް ރުޕީސް އެވެ. މި ފިލްމަށް ޖުމްލަ މިހާތަނަށް ލިބިފައިވަނީ 3.45 ކްރޯޑް އިންޑިއަން ރުޕީސް އެވެ.

މިފިލްމް ރިލީޒް ކުރި ދުވަހު ރިލީޒް ކުރި އަނެއް ފިލްމް "ސްޓްރީ" އަށް ދަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބެމުންނެވެ.

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ފުރަތަމަ ދުވަހު ވަނީ 6.82 ކްރޯޑް ރުޕީސް ލިބިފައެވެ. ދެދުވަސް ތެރޭގައި މިހާތަނަށް މި ފިލްމަށް ލިބުނު އާމްދަނީ ވަނީ 17 ކްރޯޑަށް ވުރެ މައްޗަށް އަރާފައެވެ.

"އިންޑިއާޓީވީ ނިއުސް" ވެބްސައިޓްގެ މޫވީ ކްރިޓިކް ބުނެފައިވަނީ "ޔަމުލާ ޕަގްލަ ދިވާނާ ޕިރްސޭ" ގައި ލީޑް ރޯލު ކުޅެފައިވާ ތިން އެކްޓަރުންވެސް މި ފިލްމަކީ ބެލުންތެރިންނަށް ކަމުދާ ފިލްމަކަށް ހެދުމަށްޓަކައި ފިލްމުގައި ދައްކުވައިދީފައިވަނީ އެ މީހުން ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމްގައި އަދާކޮށްފައިވާ ރޯލް ކަމަށެވެ.

ނަމަވެސް ފިލްމް ބަލަން ސިނަމާއަށް ގޮސް ތިބި މީހުންގެ މޫނުމަތިން ފިލްމް ނިމުނު އިރުވެސް މާބޮޑު ހިނތުންވުމެއް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމްގައި ދަރްމެންދްރާ މަސައްކަތް ކޮށްފައިވަނީ އޭނާ ކުރިން ކުޅެފައިވާ ކާމިޔާބު ފިލްމް "ޝޯލޭ"ގެ ހަނދާންތައް އާކޮށްދިނުމަށެވެ. "ޝޯލޭ"ގައި ގެންގުޅޭ ކަހަލަ ބައިކް އަކާއި ހަމަ އެ ކެރެކްޓާ މި ފިލްމްގައިވެސް ފެނިގެންދެއެވެ. ސަނީ ޑިއޯލްވެސް ވެސް ވަނީ އޭނާ ކުޅެފައިވާ ކާމިޔާބު ފިލްމް "ގަދަރް"ގައި ކުޅެފައިވާ ރޯލް ދައްކުވައިދިނުމަށް މަސައްކަތް ކޮށްފައިކަމަށް ކްރިޓިކުން ވަނީ ބުނެފައެވެ.

 ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު "ރޭސް3" އިން ފެނިގެންދިޔަ ބޮބީ ޑިއޯލް ވެސް ވަނީ ބެލުންތެރިންނާއި ކްރިޓިކުން ހިތް އުފާކޮށްދިނުމުގައި ނާކާމިޔާބުވެފައެވެ.

ނަވާނިއަތު ސިންގް ޑައިރެކްޓް ކޮށްފައިވާ "ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭ" ގައި ލީޑް އެކްޓްރެސް އެއްގެ ރޯލުން ފެނިގެންދަނީ ކްރިތީ ކަރްބަންދާއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް