18 އޭޕުރިލް 2019 | ބުރާސްފަތި | 11 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ބްރޯޑް ކާސްޓިން ކޮމިޝަން

ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ބަލަމުންދާ މައްސަލާގައި ރާއްޖެޓީވީ ބްރޯޑްކޮމްއަށް ހާޒިރުވެ ޖަވާބުދާރީ ވެއްޖެ

  • މައްސަލަ ބަލަނީ އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލާއި ޚިލާފުވެފައިވާކަމަށް ބުނެ
  • އެ މައުލޫމާތު ރާއްޖެޓީވީ ވަނީ އާއްމު ކޮށްފައި
  • އެ މައުލޫމާތު ރާއްޖެޓީވީގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެ
މުހައްމަދު ފަޒީން | phaxyn

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 13:19 | |

މަގުބޫލް

  1. ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޖާބިރު ވަކިކުރަނީ!
  2. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  3. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ރާއްޖެޓީވީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ, ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލަމުންދާ މައްސަލާގައި ރާއްޖެޓީވީ ރާއްޖެޓީވީން ޖަވާބުދާރީ ވެއްޖެ އެވެ.

ރާއްޖެޓީވީއަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ރާއްޖެޓީވީން ވަގުތު ދިނުމަށް ހަމަޖެހިފައިވާގޮތް "އިންތިހާބީ ކެނޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލް" އާއި އެއްގޮތްވާ ގޮތުގެމަތިން އިއުލާންކޮށްފައިނުވާކަމަށް ބެލެވޭތީ ކޮމިޝަނުން މައްސަލައެއް ބަލަމުންގެންދާކަމަށެވެ. އަދި 2 ސެޕްޓެމްބަރުގެ ހެނދުނު 11:00 އަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީވުމަށް އަންގާފައިވާއިރު، މައްސަލާގައި ލިބިފައިވާ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު މައްސަލަ ނިންމާނެކަމަށްވެސް ސިޓީގައި ރާއްޖެޓީވީއަށް އަންގާފައިވެއެވެ. 

އާދިއްތަ ދުވަހު އެކޮމިޝަނަށް ވަޑައިގެން ޖަވާބުދާރީ ވަމުން ރާއްޖެޓީވީގެ އިސްވެރިން ބުނެފައިވަނީ ހަމަހަމަ ފުރުސަތު ދިނުމުގެ މައުލޫމާތު ރާއްޖެއެމްވީގައި ޝާއިއުކޮށްފައިވާއިރު، ރާއްޖޭޓީވީ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެ ކަމަށެވެ. 

މިމަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު އޮންނައިރު، ބްރޯޑްކާސްޓިންގ ކޮމިޝަނުންދަނީ ރާއްޖޭޓީވީއާމެދު ފިޔަވަޅު އެޅުމުގައި އަވަދިނެތި އެވެ. މިވަގުތު ވެސް ރާއްޖެޓީވީ 2 މިލިއަނުން ޖޫރިމަނާ ކޮށްފައިވާއިރު، އެ ފައިސާ ދެއްކުމަށްޓަކައި ރާއްޖޭޓީވީން ގެންދަނީ މަސައްކަތް ކުރަމުން ނެވެ.

މީގެކުރިންވެސް ތިން ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފައިވާއިރު، މިހާތަނަށް ޖުމްލަ 3.7 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައި ވެއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުން ވެސް ވަގުތު ވިއްކާ ނަމަ، ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް އާންމުކޮށް އިއުލާން ކުރަންވާނެއެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ޤާނޫނުގެ ދަށުން އާންމުކުރި އުސޫލުގައިވާގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ހާއްސަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ، ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރު އިއުލާންކުރަން ޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް