23 އޭޕުރިލް 2019 | އަންގާރަ | 03 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

މެނިފެސްޓޯ ވަރަށް އަވަހަށް އާންމު ކުރާނަން: މާރިޔާ

  • މެނިފެސްޓޯގެ ކަންކަން ދަނީ ވަރަށް ބާރަށް ކުރެވެމުން
  • ވަކި ވަކި ޕާޓީތަކުން ވާނީ މެނިފެސްޓޯ ހާމަކޮށްފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 13:12 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ވިދާޅުވީ، މެނިފެސްޓޯގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފުރިހަމަ މެނިފެސްޓޯއެއް ރައްޔިތުންނަށް އާންމު ކުރައްވާނެ ކަމަށެވެ.

"މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން، ކެންޑިޑޭޓް އެކި ރަށްރަށް ވަޑައިގަންނަވާ އެދަނީ އާންމު ކުރައްވަމުން. ލީފްލެޓްތައް، ފޮތްތައް ވަރަށް އަވަހަށް އާންމު ކުރާނަން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ހުރިހާ ޕާޓީއެއްގެ ވަކި ވަކި މެނިފެސްޓޯ ކުރިން އިއުލާނު ކުރެވިފައިވާނެ ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް 20 ވަރަކަށް ދުވަހަށް ވެފައިވާއިރު މިހާތަނަށް އެއްވެސް ކެނޑިޑޭޓެއް މެނިފެސްޓޯއެއް އާންމުކޮށްފައެއް ނުވެއެވެ. އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީންއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތަކުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް