16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ދާންދޫގެ ބިން ހިއްކައި، ބަނދަރަށް ބޭނުންވަ ބަދަލު ގެނެސްދޭނަން: އިބޫ

  • ރަށުގެ އާބާދީގެ ދެ ބައިކުޅަ އެއް ބައި އުޅެނީ ރަށުން ބޭރުގައި
ޙުސައިން ޙަސަން | hucenhassan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 12:35 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ދާންދޫ ޖަގަހައެއް ހުޅުވައި ދެއްވުމަށްފަހު، މެހެމާނުން ސޮއި ކުރައްވާ ފޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސޮއި ކުރައްވަނީ -- އާކައިވް

އާބާދީ ބޮޑުވެ، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ގއ. ދާންދޫއަށް ބޭނުންވާ ބިން ހިއްކަ ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ފަސް ރަށްތަކަށް އާދީއްތަ ދުވަހު އިބޫ ފެށްޓެވި ދަތުރުފުޅުގައި ދާންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ދާންދޫގެ ބިން ފުރިފައިވާ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ވަރަށް ދާންދޫގައި ބިމެއް ނެތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެ ރަށުގެ ބިން ހިއްކަވައި ދެއްވާނެ ކަމަށާއި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަދަނޑުގެ ޖާގަ ވެސް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި މި ރަށުގެ ބިން ހިއްކި ބަނދަރަށް ވެސް ބޭނުންވާ ބަދަލުތައް ގެނެވި އަދި ކުޅިވަރު ކުޅެން ބޭނުންވާ ވަސީލަތްތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ވެސް، ފުޓްބޯޅަދަނޑު ވެސް ހިމެނޭ ގޮތަށް ބިން ބޮޑު ކުރެވި އެ ވަސީލަތްތައް ތިބޭފުޅުންނަށް ފަހިވެގެންދާނެ،" އިބޫ ވިދާޅުވިއެވެ.

ގއ. ދާންދޫގައި އިބޫ: އެމަނިކުފާނު ވަނީ އެ ރަށުގެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވާފައި-- ފޮޓޯ/ އެމްޑީޕީ

ގއ. އަތޮޅުގެ އެންމެ އެންމެ ބިން ކުޑަ ރަށަކީ ދާންދޫއެވެ. އެ ރަށުގެ ބޮޑުމިނަކީ އެންމެ 18 ހެކްޓެރެވެ. ދާންދޫގައި ދިރިއުޅޭ އާބާދީއަކީ 1001 ކަމުގައިވިޔަސް، އެ ރަށުގެ ރަށްވެހިންގެ ގޮތުގައި 2052 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މަސްވެރިން ގިނަ ދާންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ދާންދޫގެ ރައްޔިތުން ބޭންކުގެ ހިދުމަތަށް ބޭނުންވެފައިވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ ރަށުގައި ބޭންކުގެ ހިދުމަތް ފައްޓަވާނެ ކަމަށެވެ.

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިބޫ މިހާތަނަށް ވަނީ 11 ރަށަކަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވަޑައިގެންނެވި ގދ. އަތޮޅުގެ ރަށްތަކަކީ ވާދޫ، ފަރެސްމާތޮޑާ، ފިޔޯރި، ތިނަދޫ، ގައްދޫއެވެ. އެމަނިކުފާނު ވަޑައިގެންނެވި ގއ. އަތޮޅުގެ ރަށްތަކަކީ ދެއްވަދޫ، ކޮލަމާފުށި، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮނޑޭ އަދި ދާންދޫއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް