22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ބިން ބޮޑު ކޮނޑޭގައި މަދު އާބާދީއެއް، އިބޫ ވިދާޅުވަނީ ލޯކަލް ޓޫރިޒަމަށް ފައްކާ ރަށެއް ކަމަށް!

  • ގއ.ގެ އެންމެ ބިން ބޮޑު ރަށަކީ ކޮނޑޭ
  • ޓޫރިޒަމަށް ކޮނޑޭއިން ބިން ދޫކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 11:50 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ގއ. ކޮނޑޭއަށް އިބޫ ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާއިރު، ކުޑަކުދިންތަކެއް އެމަނިކުފާނުގެ ދައްކަވާ ވާހަކަފުޅު އަޑުއަހަން މަޑުކޮށްލައިގެން: އިބޫ ހުވަދު އަތޮޅަށް ކުރައް -- ފޮޓޯ: ޙުސައިން ޙަސަން

ގއ. އަތޮޅުގެ އެންމެ ބިން ބޮޑު ރަށް، ކޮނޑޭއަކީ ލޯކަލް ޓޫރިޒަމަށް އެންމެ ރަނގަޅު ރަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ކޮނޑޭގެ ބިމުގެ ބޮޑު މިނަކީ 116 ހެކްޓަރެވެ. ދުއިސައްތަ ފަންސާސް މީހުން ދިރިއުޅޭ ކޮނޑޭއަކީ ހުވަދު އަތޮޅުގައި އެންމެ އާބާދީ މަދު ރަށެވެ.

އިބޫ ކޮނޑޭއަށް ވަޑައިގަތުމަށްފަހު، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޮނޑޭއަކީ ލޯކަލް ޓޫރިޒަމަށް އެންމެ ރަނގަޅު ރަށް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ ރަށުގައި ގެސްޓްހައުސް އެޅުމަށް ބިން ދޫކޮށްދެއްވާނެ ކަމަށެވެ. އަދި އެ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކާ ބޭނުންވާ ލޯނު، "ސޮޕްޓް ލޯން" އެމަނިކުފާނުގެ ވެރިކަމެއްގައި ދޫކޮށް ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ކޮނޑޭގައި ގެސްޓްހައުސް ވިޔަފާރި އަދި ފުޅާވެގެނެއް ނުދެއެވެ.

ވަޑާމާއި އަތްތެރި ކަމަށް މަޝްހޫރު، ކޮނޑޭގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރާއްޖެއަށް ތަރައްގީ ގެންނާނީ ވައްކަމާއި ކޮރަޕްޝަނާ ނުލައި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ވައްކަމާއި ކޮރަޕްޝަނަށް ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެކަން ކުރާ ބަޔަކަށް ދެ ވަނަ ފުރުސަތެއް ނުދައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް