18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އަހުމަދު ނިހާން

ނިހާނުގެ ބަހުގެ ހަމަލާތައް ޝޭޚް އިލްޔާސްއަށް!

 • ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާކަމަށް ވިދާޅުވި
 • ނަޝީދާ ގުޅޭގޮތުން ދެއްކި ވާހަކަތައް އެބަހުރި ކަމަށް ވިދާޅުވި
 • ޝޭޚް އިލްޔާސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 11:35 | |

މަގުބޫލް

 1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިނަކީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ނިހާން ފާޑުކިޔުން ޝޭޚް އިލްޔާސަށް އަމާޒުކުރެއްވީ އައްޑޫ ސިޓީ ހިތަދޫގައި ހޮނިހިރު ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން  ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.

އިލްޔާސްގެ ވާހަކައިގައި، ބިރުވެތިވާންޖެހެނީ ﷲ ސުބްހާނަހޫ ވަތައާލާގެ ހަޟްރަތަށް ކަމަށާއި، މިބިންމަތީގެ އެއްވެސް މީހަކުދެކެ އެކަކުވެސް ބިރުނުގަނެ، އަނިޔާވެރިކަމާ ދެކޮޅަށް ބިރު ފަހަނައަޅައި ދިއުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ އިދިކޮޅު ޕޯޑިއަމަށް އަރާވަޑައިގެންނެވީ އެތައް ކަމެއް އަދުލު އިންސާފު ނެތި ހިނގަމުންދާ އިރު ދީނޭ ކިޔައިގެން ވާހަކަ ދައްކަމުން ގެންދާތީ ކަމަށެވެ.

ދުވަސްތަކަށްފަހު އިދިކޮޅު ޕޯޑިއަމެއްގައި ވާހަކަ ދައްކަމުން، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައިވެސް ޝެއިހް އިލްޔާސް ވަނީ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ކުރެއްވި ޓްވީޓެއްގައި، ޝޭޚް އިލްޔާސަކީ ފާޅުކަން ބޮޑު ގޮތެއްގައި ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހެއްކަން ސާބިތުނުވޭތޯ އޭ ވިދާޅުވެ ވަނީ ސުވާލުކުރައްވާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގުޅޭގޮތުން، މީގެ ކުރިން އިލްޔާސް ދައްކަވާފައިވާ ހުރި ވާހަކަތަކުގެ ވީޑިއޯއަކާއި އެކު، ނިހާން ކުރައްވާފައިވާ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ "އިއްޔެ ނަޝީދާއި އޭނާގެ އަމަލުތަކާއިމެދު އިލްޔާސް ދެއްކި ވާހަކަ ހޫނުކޮށް ހުއްޓާ، މިއަދު އެދައްކަނީ އެހެން ވާހަކައެއް" ކަމަށެވެ.

ޝޭޚް އިލްޔާސް ވިދާޅުވި ގޮތުގައި އޭނާ އިއްޔެ ވެސް އަދި މިއަދު ވެސް ބުނަނީ ޙައްޤު ބަހެވެ.

"އަދުލް އިންސާފެއް ނެތި ހުރިހާ ކަމެއް ބޭނުން ގޮތަކަށް ކުރިއަށް ގެންގޮސްފައި ދީން ހިމާޔާތް ކުރާ ވާހަކަ ދައްކާތީ ނިކުންނަން ޖެހެނީ. އަދުލް އިންސާފު އޮތީ ކިހާ މިންވަރަކަށްތޯ ނިންމާނީ ދިވެހި ރައްޔިތުން" އިލްޔާސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް