20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ރެއާލް މޮޅުވިއިރު އެޓްލެޓިކޯ ބަލިވެއްޖެ

  • ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުން
  • އެޓްލެޓިކޯ ވަނީ 2-0 އިން ސެލްޓަ ވީގޯ އަތުން ބަލިވެފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 11:23 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


މި މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖެހި ބޭލް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ގެޓީ އިމޭޖާސް

ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވިއިރު އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ. 

އަމިއްލަ ދަނޑުގައި ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ރެއާލްއަށް ޖަހައިދިނީ ގެރެތު ބޭލްއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ލެގާނޭސްއިން ނަތީޖާ ހަމަހަމަކުރިއިރު އެޓީމަށް އެއްވަރުކޮށްދިނީ ގުއީޑޯ ކަރީޔޯއެވެ. ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ރެއާލްއަށް އަލުން އަނބުރާ ލީޑު ނަގައިދިނީ ކަރިމް ބެންޒޭމާއެވެ. ބެންޒެމާ ވަނީ މެޗުގެ 61 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. ރެއާލްގެ ހަތަރުވަނަ ލަނޑު 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ސާޖިއޯ ރާމޯސްއެވެ. 

މި މޮޅާއެކު ރެއާލް އޮތީ ވަގުތީގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ކުރިޔަށް އޮތް މެޗުގައި ރަށުން ބޭރުގައި ރެއާލް ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. 

ރަށުން ބޭރުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން އެޓްލެޓިކޯ މެޑްރިޑް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔައިރު ސެލްޓަގެ ފުރަތަމަ ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މެކްސިމިލިއާނޯ ގޯމޭޒްއެވެ. މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އިއާގޯ އަސްޕާސްއެވެ. 

އެޓްލެޓިކޯ އޮތީ ތާވަލުގެ 10 ވަނައިގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް