20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:22
މެންދުރު 12:18
އިރުއަރާ 06:09
ފަތިސް 04:58

ޔަމަނުގެ ހަނގުރާމަ

ޔަމަން ހަނގުރާމަ: ސްކޫލް ކުދިން ތިބި ބަހަަށް ހަމަލާ ދެވުނު ކަމަށް ސައުދީ ކޯލިޝަނުން އެއްބަސްވެއްޖެ

  • ސައުދީ ކޯލިޝަނަށް ހެދޭ މިފަދަ ގޯސްތައް ތަހުގީގު ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް
އަބުދުﷲ މުހައްމަދު | 8Abbo

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 11:18 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  4. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ސްކޫލް ބަހަކަށް ދިން ހަމަލާގަައި 40 ދަރިވަރުން ހިމެނޭގޮތުން ޖުމްލަ 51 މީހުން މަރުވި -- ރޮއިޓަރސް

ޔަމަނުގައި މިދިޔަ މަހު ސްކޫލް ބަހަކަށް ހަމަލާދީ 40 ދަރިވަރުން ހިމެނޭގޮތުން ޖުމްލަ 51 މީހުން މަރުވި ހާދިސާއަކީ އުޒުރެއް ދެއްކޭނެކަމެއް ނޫންކަމަށް ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އެއްބަސްވެއްޖެއެވެ.

ޔަމަނުގެ ހޫސީންނާއި ހަނގުރާމަ ކުރަމުންދާ ކޯލިޝަނުން ކުރި ތަހުގީގު ހޮނިހިރު ދުވަހުވަހު އާއްމުކޮށްފައިވާއިރު ބުނެފައިވަނީ އެ "ގޯސް" ހެދިފައިވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ސާދާ ޕްރޮވިންސްގައި ވައިގެމަގުން ދިން ހަމަލާތަކުގައި ކަމަށެވެ.

ހަމަލާ ދިން ދުވަހު ކޯލިޝަންގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މަލްކީ ވަނީ އެ ހަމަލާ ދިނީ ސައްހަ އަސްކަރީ އަމާޒަކަށް ކަމަށް ވިދާޅުވެ ހަމަލާ ދިފާއުކުރައްވާފައެވެ.

ސައުދީ ކޯލިޝަނަށް ހެދޭ މިފަދަ ގޯސްތައް ތަހުގީގު ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމަކަށްވާއިރު ޖޮއިންޓް އިންސިޑެންޓް އެސެސްމެންޓް ޓީމުން ބުނެފައިވަނީ ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ޒިންމާ ދާރު ކުރުވާނެކަމަށެވެ.

އަވަށްޓެރި ޖިބޫޓީގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ އެލަން ފިޝަރ ބުނެފައިވަނީ ހަމަލާއަކީ ރަނގަޅު ހަމަލާއެއްކަމަށް ބުނުމަށްފަހު އެކަން ބަދަލުކޮށް ނެރުނު މި ބަޔާނަކީ ފާހަގަކޮށްލެވޭނެ ބަޔާނެއްކަމަށެވެ.

ޔަމަނުގެ އުތުރުގެ ސާދާ ޕްރޮވިންސްގެ މާރުކޭޓެއް ކައިރިން ހަމަލާ އެރި، އެ ބަސް ދަތުރުކޮށްފައި ދިޔައީ ޕިކްނިކެއް ނިންމާލުމަށް ފަހު ކުދިން ގޮވައިގެން ސްކޫލަށް ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެއެވެ. . ބަހަށް ވައިގެ ހަމަލާ ދިނީ މާރުކޭޓްގެ ކައިރީގައި ބަސް މަޑުކޮށްގެން ލުއި ބުއިމެއް ގަތުމަށް ޑްރައިވަރު ފިހާރަ އަށް ވަތް ވަގުތު ކަމަށް ވެއެވެ. ބަހުގައި ތިބީ 15 އަހަރުން ދަށުގެ ކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް