
| 2 ސެޕްޓެންބަރ 2018 | އާދީއްތަ 11:18 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ފުވައްމުލަކުގެ މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު ހޮނިހިރު ދުވަހުގެރޭ ފުވައްމުލަކަށް ވަޑައިގެންނެވުމުން ގުޅިފައިވާ ކޯލިޝަންގެ ސަޕޯޓަރުން އޭނާއަށް މަރުހަބާ ދަންނަވައިފިއެވެ.
ފަޒާދު ފުވައްމުލަކަށް ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ދަންނަވާފައިވާއިރު މި ފަހަކަށް އައިސް ޕީޕީއެމުން ހިންގާ ހަރަކާތްތަކުން އޭނާ ނުފެނެއެވެ.
ފަޒާދުގެ އަރިސް މީހަކު ރާއްޖެއެމްވީއަށް ބުނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން އޭނާ ގުޅިފައިވާ ކޯލިޝަންގެ ފަރާތްތަކާއިއެކު މަސައްކަތް ކުރަން ފަށާފައިވާކަމަށެވެ.
ފަޒާދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ފުވައްމުލަކަށް ނިސްބަތްވާ ދެ މެމްބަރަކު އިދިކޮޅު ފަރާތްތަކާ އެކު ތިއްބަވާނެއެވެ. އެއީ އޭނާގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ. އެދެބޭފުޅުންގެ އިތުރުން ދެން ފުވައްމުލަކު ތަމްސީލު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހްއެވެ. މަސީހް އަދިވެސް ހުންނެވީ ޕީޕީއެމްގައެވެ.
ފަޒާދު އިދިކޮޅު ކޯލިޝަނާއި ގުޅިއްޖެނަމަ ނުވަތަ ޕީޕީއެމުން ވަކިކޮށްފިނަމަ އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެއެވެ. މިހާރުގެ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީ އިން ވަކިވެއްޖެނަމަ ނުވަަތަ ވަކިކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް