19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ސިނަމާލެ ބްރިޖް

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ އޮފިޝަލަކު ވަޑައެއްނުގަންނަވާ

  • ބްރިޖް ހުޅުވުމަށް އިންޑިއާ ސަފީރު ވަޑައެއްނުގަންނަވާ
އަބުދުﷲ މުހައްމަދު | 8Abbo

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 08:47 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


31 އޯގަސްޓް 2018 ގައި ރައީސް އަބްދުﷲ ޔާމީންއާއި ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫބު ސިނަމާލެ ބްރިޖް ހުޅުވައިދެއްވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތައް އިންޑިއާގެ އޮފިޝަލުން ވަޑައިނުގަންނަވާ ވާހަކަ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޗައިނާގެ ހިލޭ އެހީއާއި ލޯނު ހޯދައިގެން އަޅާފައިވާ ބްރިޖް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވާފައިވާއިރު ކުލަގަދަ ރަސްމިއްޔާތައް އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވަޑައެއްނުގަންނަވައެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން އެ މަނިކުފާނަށްވެސް ދައުވަތުއެރުވި ނަމަވެސް ވަޑައެއްނުގަންނަވާ" ދިވެހި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިކަމަށް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

މިކަމުގައި އިންޑިއާގެ އޮފިޝަލަކު ބަހެއް ވިދާޅު ނުވިކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ މަންދޫބަކު ވަޑައިގެންނެވި އެ ހަފްލާއަށް ވަޑައިގެންނެވި އެހެން ގައުމުތަކުގެ އޮފިޝަލުންނާމެދު ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ކަންކޮށްފައިވަނީ ދެރަވަރުކޮށްކަމަށް ރިޕޯޓްތައް ލިބިފައިވާކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ހަފްލާ ބޭއްވި ސަރަހައްދާ ހަމައަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ޗައިނާގެ އެމްބަސެޑަރުގެ ކާރު ކަމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހުކުރު ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ ސެކިއުރިޓީން ބަންގްލަދޭޝް އާއި ސްރީލަންކާގެ ސަފީރުންގެ ކާރުކޮޅުތައް ހުއްޓުވައި ހިންގަވާފައި ވަޑައިގަތުމަށް އެންގެވުމުން އެ ބޭފުޅުން އެ ހަފްލާ ބޮއިކޮޓް ކުރެއްވިކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބެއްކަމަށްދެކޭ 1.4 ކިލޯ މީޓަރުގެ ބްރިޖަކީ ޗައިނާ ސަރުކާރުގެ 116 މިލިއަން ޑޮލަރުގެ ލޯން އަކާއި 72 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހަދާފައިވާ ތަނެކެވެ.

ދައުލަތުގެ ބަޖެޓްގައިވެސް ބްރިޖް މަޝްރޫއަށް ކަމަށް ބުނާ އަދަދުތައް ޖަހާފައިވާއިރު ބްރިޖްގެ އަސްލުއަގު ސާފެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް