20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

ޝެއިޚް އިލްޔާސްގެ ގޮވާލުން: އަނިޔާއާ ދެކޮޅަށް ބިރުފަހަނައަޅައި ނިކުމޭ، ރިޒުގު ދެއްވަނީ ﷲ

  • ވަޒީފާ ގެއްލިދާނެތީ ބިރު ނުގަތުމަށް ގޮވާލެއްވި
  • އަނިޔާ ނުހުއްޓުވައިފި ނަމަ އާންމު ވެގެންވާ ކޯފާއެއް އައިސްދާނެ
  • ވެރިމީހާއާ ދެކޮޅަށް ނުކުތުމަކީ ދީނީ ގޮތުން މައްސަލައެެއް ނޫން
އަޒްލިފާ އަބްދުﷲ އަދި މުރުޝިދް އަބްދުލް ހަކީީމް | AzuAzlifa

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 08:23 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  5. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  8. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!


ދީނީ އިލްމްވެރިޔާ ޝެއިހް އިލްޔާސް ހުސެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

އަނިޔާވެރިކަމާ ދެކޮޅަށް ބިރުފަހަނައަޅައި ނިކުތުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ގޮވާލައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސީޓީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި، މިހާރު ރާއްޖޭގައި މިއޮތް ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ސިފަކުރައްވައި، ޝެއިހް އިލްޔާސް އިލްޔާސް ވިދާޅުވީ އަނިޔާ ނުހުއްޓުވައިފި ނަމަ އާންމު ވެގެންވާ ކޯފާއެއް އައިސްދާނެ ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، އަނިޔާވެރިކަން ހުއްޓުވުމަށް އެ މީހަކަށް ކުރެވުނު މިންވަރަކަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ހާކިމާއަކީ އަނިޔާވެރިއެއް ނަމަ އޭނާއާ ދެކޮޅަށް ނުކުތުމާއި، އަޑު އުފުލުމާއި އަނިޔާ ހުއްޓުވަން މަސައްކަތް ކުރުމަކީ އިސްލާމްދީން ހުއްދަ ކަމެއް ކަމަށެވެ. އެހެންވެ، ބިރު ފަހަނައަޅާ ދާން ޖެހޭ ކަމަށާއި ވަޒީފާ ގެއްލިގެން ގޮސްދާނެތީ ބިރު ގަންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޒުޤު ދެއްވަނީ މާތް ﷲ ކަމަށް އޭނާ ހަނދުމަ ކޮށްދެއްވި އެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، ޝެއިޚް އިލްޔާސް ވިދާޅުވީ އޭނާ ވެސް ނިކުމެ އެ ހުންނެވީ ބިރުފަހަނައަޅައި ކަމަށާއި ޓެރަރިޒަމްގެ ދައުވާ ކުރި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. ޓެރަރިޒަމްގެ ދައުވާ ވެސް ކުރަން ވެސް މީގެ ކުރިން ވެސް އުޅުނު ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ތުހްމަތުކުރާއިރު، މި ސަރުކާރުން ބޭއިންސާފުން މީހުން ހައްޔަރުކޮށް، ހުކުމް ކުރަމުންދާ ކަމަށް ގުޅިފައިވާ ގިނަ އަދަދެއްގެ ބަޔަކު ތުހްމަތުކުރެ އެވެ. އެ ކަންކަމަށް އިޝާރަތް ކުރައްވައި އިލްޔާސް ވިދާޅުވީ އިސްލާމްދީނުގައި އަދުލު އިންސާފު ގާއިމުކުރަން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށާއި އަދުލު އިންސާފު ގާއިމުނުކޮށް އިސްލާމް ދީނެކޭ ކިޔޭކަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނިޔާއާ ދެކޮޅަށް ނިކުތުމަކީ ހުއްދަ ކަމެއް ކަމަށާއި އެއީ ވަލިއްޔުލްއަމުރާ ދެކޮޅަށް ނިކުތުން ކަމަށް ވިދާޅުވެ އެކަން އޮޅުވާލަން ބަޔަކު ވާހަކަ ދައްކަނީ މަގާމުގެ ދަހިވެތިކަމުގައި ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އިސްލަމީ ވެރިއަކާ ދެކޮޅަށް ނުނިކުތުމަށް އޮންނަނީ ހަތިޔާރު ހިފައިގެން ހަނގުރާމައަށް ކަމަށާއި އަނިޔާއާ ދެކޮޅަށް ނިކުތުމުގެ ގިންތިތަކެއް ހުންނަ ކަމަށް އިލްޔާސް ފާހަގަ ކުރެއްވި އެވެ.  

އޭނާ ގުޅިފައިވާ ޕާޓީތަކުގެ ޕޯޑިއަމް އަރައިވަޑައިގަތީ އަނިޔާވެރިކަމާ ދެކޮޅަށް ނުކުތުމުގެ ގޮތުން ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމަށް ތާއިދު ކުރައްވަން ނިންމެވީ އެ ދެ ބޭފުޅުންނަކީ ވެސް ޚުލުގު ހެޔޮ، ކިބުރުވެރިކަމެއް ނެތް ބޭފުޅުންނަށް ވުމުން ކަމަށެވެ. 
 

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމްވެރިޔާ ޑރ.އަފްރާޝީމް އަލީގެ ގެ މަރުގެ ތަހްގީގު ނުކުރެވޭތީ އެކަމާމެދު ތަކުރާރުކޮށް ޝެއިޚް އިލްޔާސް ވަނީ ސުވާލު އުފައްދާފަ އެވެ. އެ މަރާ ގުޅިގެން އޭގެ ފަހުން ނުވަ މީހަކު މަރާލެވުނު ކަމަށާއި މަރުގެ ހަގީގަތް ނުހޯދުމަކީ ހާކީމާ ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް