26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ރިޔާސީ އިންތިޚާބު 2018

ގުޅިފައިވާ ޕާޓީތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ އިންސާފު ގާއިމުކުރަން: ފައިސަލް

  • ކެމްޕެއިން ޓީމާ ފައިސަލް ބައްދަލުކުރައްވާފައި ވަނީ ޓްރިވެންޑްރަމް ވިސާ ޖަގަހައިގައި
މުހަންމަދު ވިސާމް | sampathmasiw

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 04:41 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  6. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  7. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
  8. އަޅުގަނޑަށް އޮތީ 19 އަހަރުގެ ހުކުމެއް ކުރަން ތައްޔާރުކޮށްފައި: އިލްހާމް


ޓްރިވެންޑްރަމް ޖަގަހަ ކައިރިން ދިވެއްސެއް ފައިސަލްއާ ވާހަކަ ދައްކަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ދިވެހި ރައްޔިތުން މިއަދު އިންސާފު ހޯދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިންގެ ކިބައިން ސަލާމްޖަހަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ޓްރިވެންޑްރަމްގެ ކެމްޕެއިން ޓީމާއި ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އޯގާތެރި ސަރުކާރެއް އޮވެގެން ނޫން ގޮތަށް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ "އިންސާފު" ކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި ރާއްޖޭގެ ރައްޔިތުން އިންސާފު ހޯދަން "ފަހަތުން ދުވެ ސަލާމް ޖަހަން" ނުޖެހޭނެ ކަމަށެވެ.

"ފާހަގަކޮށްލަންޖެހޭ ވާހަކައެއް، އަޅުގަނޑުމެންގެ ތެރޭގައި އިންސާފުގެ ވާހަކަ އަކީ، މުޅި ގައުމުގެ ރައްޔިތުން ހުސެއިން ރަޝީދުގެ [ޔާމީން ރަޝީދުގެ ބައްޕަ] އާއިލާ ގޮތަށް، ރޭގަވެސް ހިނގާ އެދިޔަ ހާދިސާ، ތިބޭ ފުޅުންގެ ތެރެއިން އެއްވެސް ބަޔަކު އެއްވެސް އާއިލާއެއް ބޭނުންވާ ކަމެއް ނޫން، ހުސެއިން ރަޝީދުގެ އާއިލާ ވެސް ބޭނުންމެއް ނުވާނެ މިފަދަ ކަންކަން ގައުމުގައި ހިނގާ އިންސާފު ނުލިބުމެއް. ފަހަތުން ދުވެ ސަލާމް ޖަހަން މި ޖެހެނީ އިންސާފަށް،" ފައިސަލް ވިދާޅުވިއެވެ.

ވިސާ ޖަގަހައިގައި ފައިސަލް ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރައްވަނީ

އަނިޔާވެރި ގޮތަކަށް މަރާމާލާފައިވާ ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ޓްވިވެންޑްރަމްގައި ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާތީ، ފައިސަލް ވިދާޅުވީ ޔާމީންގެ ރަޝީދުގެ އާއިލާއަކޭ އެއްފަދައިން މިއަދު އެތަކެއް އާއިލާތަކެއް އިންސާފު ހޯދައިދިނުމަށް ކަމާއިބެހޭ މުވައްސަސާތަކަގެ ކިބައިން އާދޭސް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ކައިރިން ވަޅިން ހަމަލާދީ މަރާލި ޒުވާނާގެ އާއިލާއަށް ވެސް، މިހާރު އޮތް ސަރުކާރު އޮވެގެން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ އެއްމެން މި މަސައްކަތް ކުރަންޖެހެނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން، އަޅުގަނޑުމެންނަން ހީވަނީ ވަކިން ހާއްސަކޮށް، ޓެރިވެންޑަމްގައި އިންޑިއާގައި އުޅުންވާ މީހުނަން އިޙްސާސް ކުރެވޭނެހެން، މިއަދު އަޅުގަނޑުމެންގެ ގައުމުގެ ޕޮލެސީތަކާއި ސަރުކާރުގެ ޕޮލެސީތަކާއި ކަންތަށްތަށް ހުރި ގޮތުން އެކަމުގެ ދަތިތަކާއި އުނދަގޫތަށް އިހްސާސްކުރަންޖެހިފައިވާ މިންވަރު" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ޓްރިވެންޑްރަމްއަށް ވަޑައިގަތުމުން ބައެއް ދިވެހިން އެއާޕޯޓުން ވަނީ އެމަނިކުފާނަނަން މަރުޙަބާ ދަންނަވާފަ

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޓެރިވެންޑްރަމްގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޓީމާ ފައިސަލް ބައްދަލުކުރެއްވީ "ވިސާ ޖަގަހައި" ގައެވެ. މި ބައްދަލުވުމުގައި ބައިވެރި މީހުން ވަނީ ޓްރިވެންޑްރަމަށް ބޭސްފަރުވާއަށް އަންނަ ދިވެހިންނަން ދިމާވާ ދަތިތަކާއި، ގޮންޖެހުންތަށް ފައިސަލްއާ ހިއްސާކޮށްފަ އެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، އެމްއާރުއެމްގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް