20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސީ އިންތިޚާބު 2018

ބްރިޖްގެ ފީ ދައްކަން ޖެހެނީ ޗައިނާއަށް، މިގޮތަށް ދޫކޮށްލާނަމަ ޖިޒީ ދައްކަން ޖެހިދާނެ:ހިސާން

  • ބްރިޖް ފީ ނެގޭނީ މަޖިލީހުން ފާސްކޮށްގެން
  • އެއްވެސް ޓެކުހެއް ފީއެއް މަޖިލީހުން ފާސްނުކޮށް ނެގުމަކީ ޤާނޫން އަސާސީއާ ޚިލާފް ކަމެއް
އަހުމަދު މުހުސިނު | dhonbandaara

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 03:36 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


ހިސާން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ

ބްރިޖަށް ނަގާ ޓޯލް ފީ ދައްކަން ޖެހިފައިވަނީ ޗައިނާގެ ކުންފުންޏަކަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ޗައިނާއަށް ޖިޒީ ދައްކަން ޖެހޭ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވި ގޮތުގައި ބްރިޖުން ދަތުރު ކުރުކުރުމަށް ޓޯލް ފީގެ ގޮތުގައި ނަގާނެ އަދަދު ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އެ ފައިސާ ދައްކަން ޖެހެނީ ޗައިނާގެ ކުންފުންޏަކަށް ކަމަށެވެ. ޓޯލް ފީ ނަގަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހިސާން ވިދާޅުވި އެވެ. 

"ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ރައްޔިތުންގެ އަތުން އެއްވެސް ޓެކުހެއް، އެއްވެސް ފީއެއް ނުނެގޭނެ ކަމަށް އަޅުގަނޑުމެންގެ ޤާނޫނު އަސާސީން ކަޅާއި ހުދުން ލިޔެފައި އޮއްވާ މިގޮތަށް ފީއެއް ނުނެގޭނެ. އެއީ ކަނޑައެޅިގެން ޤާނޫން އަސާސީއާ ޚިލާފް ކަމެއް،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މިގޮތަށް ޤާނޫން އަސާސީއާ ޚިލާފަށް ސަރުކާރު ހިންގަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ފުރުސަތު ދީގެން ތިބެފިނަމަ ޗައިނާއަށް ޖިޒީ ދައްކަން ޖެހޭ ދަރަޖައަށް ކަންކަން ހިނގައިދާނެ ކަމަށެވެ.

"މިގޮތަށް ދޫކޮށްލައިގެން އަޅުގަނޑުމެން ތިބެފި ނަމަ ޗައިނާއަށް ޖިޒީ ދައްކަންވެސް ޖެހިދާނެ. އެ ދަރަޖައަށް ޤައުމު ދަރުވާލާފައި މިހާރުވެސް މިއޮތީ. އެހެންވީމާ އަޅުގަނޑު ގޮވާލާނީ މިމަހުގެ 23 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓް ދެއްވާށޭ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިންތިޚާބަށް ނުކުމެ މިތިބީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއް ކަމަށް ދެކި އެ ކޮމިޝަނަށް އިތުބާރު ކުރާތީ ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް އިތުބާރު ކުރާތީ ކަމަށެވެ. އަދި މިއިންތިޚާބު ކާމިޔާބު ކުރަން މިއުޅެނީ ގުޅިފައިވާ ޕާޓީތަކަށް ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް