19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމާނަން: އިބޫ

  • ގާނޫނާ ހިލާފަށް ބާތިލު ކުރާ އެގްރިމެންޓުތައް ރުޖޫއަ ކުރާނަން: އިބޫ
ޙުސައިން ޙަސަން | hucenhassan

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 03:36 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ގައްދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ ގދ. ގައްދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު)އާ ހަވާލުކޮށްގެން ފެށްޓެވި މަޝްރޫއެއް ކަމަށާއި ނަމަވެސް ސަރުކާރުން ފަހުން އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ ކުންފުނިތަކާ އެކު ސަރުކަރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާ ހިލާފަށް ބާތިލު ކުރާނަމަ، އެ އެއްބަސްވުންތައް ރުޖޫއަކޮށް، ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދޭނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމަވާނެ ކަމަށް އިބޫ ވިދާޅުވިއިރު، ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ވެސް ނިންމާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.

މާވަރުލުގައި ހުޅުވާ އެއާޕޯޓާއެކު ހުވަދު އަތޮޅުގައި ތަރައްގީކޮށްފައިވާ އެއާޕޯޓުގެ އަދަދު ހަތަރަކަށް އަރާނެ އެވެ. އެއީ ގދ. ކާޑެއްދޫ އެއާޕޯޓާއި ގއ. ކޫއްޑޫއެއާޕޯޓާއި ފަރެސްމާތޮޑާގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓާއި މާރުވަރުލު އެއާޕޯޓެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް