15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނިޔާޒް އިބްރާހިމް

ރަނާއި ޖަވާހިރު ދިނަސް އަނިޔާވެރިއަކަށް ދޭނެ ވޯޓެއް ނޯންނާނެ: ނިޔާޒު

  • ދަރިންނަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ އަދުލު އިންސާފު ޤާއިމު ކުރެވިފައިވާ އިންސާފަށް ލޯބިކުރާ މުސްލިމް މުޖުތަމައެއް ހޯދައި ދިނުން
އަހުމަދު މުހުސިނު | dhonbandaara

| 2 ސެޕްޓެންބަރ 2018 | އާދީއްތަ 02:06 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ނިޔާޒް އިބްރާހީމް -- ޔޫޓިއުބް

އޭނާ އާއި އާއިލާގެ ބަރުދަނަށް ރަނާއި ޖަވާހިރު ދިނަސް އަނިޔާވެރި މުޖުރިމަކަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ފަޅައިއަރުވާލި އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އާއި އަނބިދަރިންގެ ބަރުދަނަށް ރަނާއި ޖަވާހިރާއި ޔާގޫތު ދިނަސް އަނިޔާވެރި ޚިޔާނާތްތެރި މުޖުރިމަކަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.

ސަރުކާރުގެ ޚިޔާނާތްތަކެއް ފަޅާއަރުވާލި އޮޑިޓް ރިޕޯޓެއް ނެރުމާއެކު ޤާނޫނަށް ގެނައި އިސްލާހަކުން މަޤާމުން ވަކިކޮށްފައިވާ ނިޔާޒް ވިދާޅުވީ ދަރިންނަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ އަދުލު އިންސާފު ޤާއިމު ކުރެވިފައިވާ އިންސާފަށް ލޯބިކުރާ މުސްލިމް މުޖުތަމައެއް ހޯދައި ދިނުން ކަމަށެވެ.

ނިޔާޒު ގެންދަވަނީ މަޤާމުން ވަކިކުރި ފަހުން ވެސް ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ރައްޔިތުންނަށް ހާމަ ކޮށްދެއްވަމުންނެވެ. ސިޔާސީ ފިއްތުންތަކާހުރެ ނިޔާޒްވެސް އުޅުއްވަނީ އަމިއްލައަށް އަރުވާލެއްވިގެން ރާއްޖެއިން ބޭރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް