16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިހާބު 2018

ގެމަނަފުށީގެ ގިނަ ޒުވާނުންނާއެކު ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އެމްޑީޕީއަށް

  • އިބޫއަށް ގެމަނަފުށިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި
ޙުސައިން ޙަސަން | hucenhassan

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 21:08 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ގެމަނަފުށިން އެމްޑީޕީއާ ގުޅުނު ޒުވާނުން އިބޫއާ ސަލާމް ކުރައްވަނީ -- އެމްޑީޕީ

ގެމަނަފުށީގެ ގިނަ އަދަދެއްގެ ޒުވާނުންނާ އެކު، ގއ. އަތޮޅު ކައުންސިލްގެ ނައިބު އަހުމަދު ނަޒްމީން އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޒްމީން އެމްޑީޕީއަށް ސޮއި ކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގއ. ގެމަނަފުށްޓަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައެވެ.

އަމިއްލަ ގޮތުން ގއ. އަތޮޅު ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ނަޒްމީން ހޮނިހިރު ދުވަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހަފްލާގައި ގެމަނަފުށީގެ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. ނަޒްމީންއަކީ ގެމަނަފުށްޓަށް ނިސްބަތްވެވަޑައިގަންނަވާ، އެ ދާއިރާ އަތޮޅު ކައުންސިލްގައި ތަމްސީލު ކުރައްވާ މެމްބަރެކެވެ.

ނަޒްމީން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ގެމަނަފުށީގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި
 

ހޮނިހިރު ދުވަހު އިބޫ ގެމަނަފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މީގެ ކުރިން ޕީޕީއެމަށް ތާއިދު ބޮޑު، ގެމަނަފުށީގައި މިހާރު އަގުލަބިއްޔަތު އޮތީ ގުޅިފައިވާ ޕާޓީތަކަށެވެ. އެގޮތުން އެ ރަށު ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް