23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ އަދި ލިވަޕޫލްއަށް ވެސް މޮޅެއް

 • ލިވަޕޫލް މޮޅުވީ 2-1 އިން
 • ޗެލްސީ މޮޅުވީ 2-0 އިން
 • މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ޗެލްސީ އަދި ލިވަޕޫލް ވެސް ބަލިވެފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 21:07 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
 6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
 8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ލިވަޕޫލްއަށް ލަނޑު ޖަހައިދިނީ މާނޭ އަދި ފިރްމީނޯ -- ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ކުޅުނު މެޗުތަކުން އެދެޓީމު ވެސް މޮޅުވެއްޖައެވެ. 

ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ސެނެގާލްގެ ވިންގަރ ސަދިއޯ މާނޭއެވެ. އެޓީމުގެ ލީޑު މެޗުގެ 45 ވަނަ މިނެޓުގައި ފުޅާކޮށްދިނީ ޖޭމްސް މިލްނާގެ އެހީތެރިކަމާއެކު ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯއެވެ. ލެސްޓާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ލިވަޕޫލްގެ ކީީޕަރު އެލިސަންއަށް ހެދުނު ގޯހެއްގެ ސަބަބުން ލެސްޓާއަށް ޖަހައިދިނީ ރަޝިދް ގަޒާލްއެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ލިވަޕޫލް ބަލިވެފައެއް ނުވެއެވެ. 

އަމިއްލަ ދަނޑުގައި ޗެލްސީއިން ވަނީ 2-0 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ލަނޑެއް ޖެހިފައި ނުވާއިރު އެޓީމުގެ ފުރަތަމަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޕެޑްރޯ ރޮޑްރިގޭޒްއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި މާކޯސް އަލޮންސޯގެ އެހީތެރިކަމާއެކު ޖަހައިދިނީ އެޑެން ހަޒާޑްއެވެ. 

ޗެލްސީ ވެސް މިސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެއެވެ. 

ބްރައިޓަން އަދި ފުލަމް ކުޅުނު މެޗު ނިމިފައިވަނީޫ 2-2 އިން އެއްވަރުވެގެންނެވެ. ސައުތުހެމްޕްޓަން ވަނީ 2-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އެވަޓަން އަދި ހަޑާސްފީލްޑް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ވޮލްވަރހެމްޕްޓަން ވަނީ 1-0 އިން ވެސްޓް ހަމް ބަލިކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް