19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިޚާބު 2018

23 ސެޕްޓެމްބަރަށް ފަހު ރައީސް ޔާމީން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއަށް ވަންނަން: އިބޫ

  • ނޮވެމްބަރ 17 އާ ހަމައަށް ރައީސް ޔާމީނަށް ވެރިކަމުގައި ހުންނަވަން ދުވަސް ކޮޅެއް ލިބިވަޑައިގަންނަވާނެ
  • އެ ދުވަސް ކޮޅުގައި ވެސް އެމަނިކުފާނު ހުންނަވަން ޖެހޭނީ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި
  • ރައީސް ޔާމީން އިންތިހާބުން ބަލިވާނެ
ސިމާހާ ނަސީމް | sim_kamana

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 18:56 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ސެޕްޓެމްބަރު 23 ވަނަ ދުވަހަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖެހިވަޑައިގަންނަވާނީ ޤާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހުވަދޫ އަތޮޅަށް އެމަނިކުފާނު ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ޝައްކެއް ވެސް ނެތް ގޮތުގައި ރައީސް ޔާމީން އިންތިހާބުން ބަލިވާނެ ކަމަށެވެ. އަދި އެއީ މަންޒަރު އޮތް ގޮތް ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި 23 ސެޕްޓެމްބަރަށް ފަހު ވެސް ނޮވެމްބަރ 17 އާ ހަމައަށް ރައީސް ޔާމީނަށް ވެރިކަމުގައި ހުންނަވަން ދުވަސް ކޮޅެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، އެ ދުވަސް ކޮޅުގައިވެސް އެމަނިކުފާނު ހުންނަވަން ޖެހޭނީ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ކަމަށް އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ތާއީދާއެކުކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ވަރަށް ގިނަ އުންމީދުތަކެއް ރައްޔިތުން އެމަނިކުފާނާ ދޭތެރޭ ކުރެއްވި ކަމަށެވެ. އަދި އެކަމަށް ރައްޔިތުން މަޖިލީހާއި ސަރުކާރުގެ އެކި މުއައްސަސާތަކުން އެއްބާރުލުން ދެމުންދިޔަ ނަމަވެސް އެ ދިން އެއްބާރުލުމާ އިދިކޮޅަށް ރައީސް ޔާމީން ކަންތައް ކުރައްވަމުން ގެންދެވީ އަމިއްލަ އެދުމާއި އަމިއްލަ ބޭނުންތައް ފުއްދެވުމަށް ކަމަށާއި އެހެންކަމުން ކޯލިޝަންގެ ބޭފުޅުން އެމަނިކުފާނާއި ދުރަށް ޖެހިވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި އެމަނިކުފާނަށް އޮތް ތާއީދު ވެސް މަޑުމަޑުން ގެއްލިގެން ދިޔަކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ރައީސް ޔާމީނާއެކު ތިއްބެވުމަށްފަހު ގިނަ މަޖިލިސް މެމްބަރުން އަނިޔާވެރިކަމަށް ނޫނެކޭ ބުނެ ނިކުތް ހިސާބުން ރައީސް ޔާމީން ފާލުން ނެއްޓިގެންދިޔަ ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވީ އަނިޔާވެރިކަން އިސްކޮށް ޤާނޫނު އަސާސީއާ ގާނޫނީ އިމުގެ ބޭރުން ވަރަށް ގިނަ ކަންތައްތަކެއް ރައީސް ޔާމީން ކުރައްވަމުން ގެންދެވި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނުހައްޤުން އަނިޔާ ލިބެމުންދާ ހުރިހާ އެންމެން އިބޫގެ ވެރިކަމެއްގައި މިނިވަންކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުން ފެންނަނީ ކޯލިޝަނުން ބޭނުންވެފައިވާ މަންޒިލަށް ވާސިލް ވުމަށްޓަކައި ކެތް މަދުވެފައި އޮތް ތަން ކަމަށް އިބޫ ވިދާޅުވިއެވެ.

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް