11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ގާކޮށި މާރުކޭޓު

ގާކޮށި މާރުކޭޓު ބަންދުކޮށްފި

 • އެ ބިމަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބިމެއް
 • ގޮޅިތައް ދިވެހިންނަށް ދޫކޮށްފައިވީ ނަމަވެސް ވިޔަފާރި ކުރަން ތިބެނީ ބިދޭސީން
 • މާރުކޭޓް ހުސް ކުރި ސަބަބެއް ނޭނގެ
ސިމާހާ ނަސީމް | sim_kamana

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 18:23 | |

މަގުބޫލް

 1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
 2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
 3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
 7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
 8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ގާކޮށި މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ - އެ މާރުކޭޓު ވަނީ ބަންދުކޮށްފައި -- ފޮޓޯ: ރާއްޖެ އެމްވީ

ގާކޮށީގެ ހުޅަނގު ދެކުނުގައި ހުންނަ މާރުކޭޓް ބަންދުކޮށްފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެ ބިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމުން ތަރުކާރީ އާއި މޭވާ ވިއްކުމަށް ހާއްސަކޮށްފައިވާ ގާކޮށި މާރުކޭޓުގައި ވިއްސަށްވުރެ ގިނަ ގޮޅި ދަނޑުވެރިންނަށް ދޫކޮށްފައި ވެއެވެ. އެގޮތުން ކޮންމެ ގޮޅިއަކުން 5،000ރ. ގެ ފީއެއް ދައްކަމުން ދަނީ އެ ޖަމިއްޔާއަށެވެ.

ދިވެހިންނަށް ގޮޅިތައް ދޫކޮށްފައިވީ ނަމަވެސް އެތަނުގައި ވިޔަފާރިކުރަން ތިބެނީ ހައްތަހާވެސް ބިދޭސީންނެވެ.

ގާކޮށީ މާރުކޭޓަކީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވިޔަފާރި ކުރާ ތަނެކެވެ. ދަތުވެރިންގެ މާރުކޭޓަށް ދިއުމުގެ ބަދަލުގައި ގާކޮށި މާރުކޭޓަށް ގިނަ ބަޔަކު ވިޔަފާރި ކުރަން ދެއެވެ. ހާއްސަކޮށް އަންހެނުން ގިނަކަން ފާހަގަކޮށްލެވެއެވެ.

ހިންގުމަށް އަމިއްލަ ކުންފުންޏަކަށް އެ ބިން ދޫކޮށްފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް ގާކޮށި މާރުކޭޓް ގޮޅިތަކުން ހުސްކުރަން އެންގީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ.

ގާކޮށި މާރުކޭޓް ހުސް ކުރި ސަބަބާ ގުޅޭ ގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މީގެ ކުރިން ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަނީ އެ ބިން ބަޔަކަށް ކުއްޔަށް ދީ ކުދި ފިހާރަތަކާއި ފުޑް ކޯޓް ހިމެނޭ ގޮތަށް ތަރައްގީކުރަން ދޫކޮށްފައެވެ. ނަމަވެސް އެތަންތަން ހަދަމުން ދަނިކޮށް ކުއްލި އަކަށް އެ ބިން ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ނަގައި އެ ބިން ކުއްޔަށް ނަގައިގެން އުޅުނު ކުންފުންޏަށް ބަދަލެއްގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނެވެ. ނަމަވެސް އޭގެ މާގިނަ ދުވަސްތަކެއް ނުވެ އެ ބިން އެހެން ބަޔަކަށް ހަމަ އެ ގޮތަށް ކުއްޔަށްދީ ކުދި ފިހާރަތަކާއި މާރުކޭޓް ގޮތަށް ހިންގަން ފަށާފައި ވެއެވެ.

މީގެ ކުރިން އެ ބިމުގައި އެމްޑީޕީގެ ޖަގަހަ ވެސް ހިންގާފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް