24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ކޮލަމާފުށި ޖަލްސާގެ ކުރީ ސަފު ހައްޔަރު ކުރި މީހުންނަށް ހާއްސަކޮށްފި

 • ފުލުހުން ވަނީ 18 މީހަކު ކޮލަމާފުށިން ހައްޔަރުކޮށްފަ
 • އެމީހުންގެ މައްޗަށް ކުރަނީ ޓެރެރިޒަމްގެ ދައުވާ
 • އިބޫ ވަނީ މިހާރުން މިހާރަށް އެމީހުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައި
މުހައްމަދު ފަޒީން | phaxyn

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 18:08 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ގުޅިފައިވާ ޕާޓީތަކުން ކޮލަމާފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން -- އެމްޑީޕީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ގއ. ކޮލަމާފުށީގައި އިއްޔެ ބޭއްވި ޖަލްސާގެ ކުރީ ސަފުގެ ގޮނޑިބަރި، އެ ރަށުން ހައްޔަރު ކުރި 18 މީހުންނަށް ޚާއްސަކޮށްފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިން ކަމަށް ބުނެ އެ ރަށުން ހައްޔަރު ކުރި 18 މީހުންނަށް ޚާއްސަކޮށް، އެމީހުންގެ ނަމާއި ފޮޓޯ އެ ޖަލްސާގެ ކުރީ ސަފުގެ ގޮނޑިބަރީގައި ވަނީ ބަހައްޓާފަ އެވެ.

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމީހުން ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ. 

ކޮލަމާފުއްޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮނިހިރު ދުވަހު ވަޑައިގަތުމުގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސަޕޯޓަރުން ދިދަ ފަތި ދެމުމާއި ބެނާ ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިކަންކަމުގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދެފަރާތަށް ނިސްބަތްވާ ސަޕޯޓަރުންނަށް ވެސް އަނިޔާ ލިބިނުވެ. 

އިބޫގެ ދަތުރުފުޅާ ދިމާކޮށް ކޮލަމާފުށީގައި ހަމަނުޖެހުން ހިންގާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގަންނަވާ އިރު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ދިދަފަތިތައް ނަގައި ތަކެއްޗަށް ގެއްލުންދޭ މައްސަލަ ވަނީ އާންމު ވެފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުމާލެ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ހަމަލާދޭން އުޅުނު މައްސަލައިގައި އެ މީހުންގެ ވީޑިއޯތައް ފެންނަން ހުރި ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ކޮލަމާފުށިން ފުލުހުން ހައްޔަރު ކުރި މީހުންގެ މައްޗަށް މިހާރު ޓެރަރިޒަމްގެ ތުހުމަތުކޮށް، އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއްވެސް ކޯޓުން ވަނީ ޖަހާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވަނީ އެ ރަށުން ހައްޔަރުކުރި ފަރާތްތައް ހަމަ މިހާރުން މިހާރަށް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ސިޔާސީ ހަރަކާތްތަކަކީ ކޮންމެ ޕާޓީއެއްގެ ކޮންމެ ފަރުދަކަށް ވެސް ތަފާތު ކުރުމެއް ނެތި ލިބިދޭން ޖެހޭ ޙައްޤެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކޮލަމާފުށިން ހައްޔަރު ކުރި މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެމީހުންނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިޔަށް ގެންދިޔަ ހަރަކާތަކުގައި ބައިވެރިވެގެން އެމަސައްކަތުގައި އުޅުނު ބައެއް ކަމަށެވެ.

ކޮލަމާފުށީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން މި ދަނޑިވަޅުގައި އިބޫ އެ ރަށަށް ވަޑައިނުގަތުމަށް ފުލުހުން އިލްތިމާސްކޮށްފައި ވާއިރު، އިބޫ ވަނީ ފުލުހުންގެ އިރުޝާދަށް ބެލުމެއް ނެތި އެ ރަށަށް ވަޑައިގެންފަ އެވެ. އަދި ކޮލަމާފުށިންނާއި މުޅި ހުވަދޫ އަތޮޅުން އިބޫއަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް