23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

މަހުލޫފް އީސީއަށް: ރަށްރަށަށް އިތުރަށް ވޯޓު ފޮށި ފޮނުވާ ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވާ!

  • ރަށްރަށަށް އިތުރަށް ވޯޓު ފޮށި ދަނީ ފޮނުވަމުން
  • އެކަށީގެންވާ މިންވަރަށް އެމަރޖެންސީ ލައިޓް ނުފޮނުވާ
  • އީސީގެ ބަހެއް މިކަމާއި ގުޅިގެން ލިބޭ ގޮތް ވެފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 16:18 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ


ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް -- ފޮޓޯ: މުހައްމަދު ޝަރުހާން

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަށްރަށަށް އިތުރަށް ވޯޓު ފޮށި ފޮނުވަމުންދާ ސަބަބު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ. 

އިތުރު ވޯޓު ފޮށި ފޮނުވަމުންދާ ކަމަށް ވިދާޅުވެ ކަންބޮވުން ފާޅުކުރައްވައި މަހުލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދެ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެއްގައި އެއްބުރުން ނަތީޖާ ނެރެވޭއިރު، ކޮންމެ ވޯޓުލާ މަރުކަޒަކަށް އިތުރު ވޯޓު ފޮށްޓެއް ފޮނުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ހަމައެހެންމެ މީގެކުރިން އިންތިޚާބުތަކުގައި ދެބުރަށް ވޯޓުލާން ޖެހުނުއިރުވެސް ވޯޓުލާ މަރުކަޒުތަކަށް އިތުރަށް އެންމެ ވޯޓު ފޮށްޓެއްވެސް ފޮނުވާފައި ނުވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ. 

ވޯޓު ފޮށިތަކާ ރަށްރަށުން ހަވާލުވާ ފަރާތްތައް ޕީޕީއެމްގެ ޓީޝާޓް ލައިގެން ތިބޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމަކީ މިހާރުވެސް މިއިންތިޚާބުގެ މިނިވަންކަން ގެއްލި، އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ގެއްލިފައިވާކަމުގެ މިސާލެއް ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓެއް ލައިގެން ހުރި މީހަކު ރިޔާސީ އިންތިހާބަށް ތ. ގުރައިދޫއަށް ފޮނުވި ވޯޓް ފޮށިތަކެއް އުފުލަނީ 

މީގެއިތުރުން އިތުރަށް ވޯޓު ފޮށިތައް ފޮނުވުމަކީ އީސީގެ އިތުރު ޕްލޭނެއް އޮތްކަން ހާމަވާ ކަމެއް ކަމަށާއި، އެހެންކަމުން މިގޮތަށް އީސީއިން ކަންކަން ކުރަމުންދަނީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް މަހުލޫފް ވަނީ އީސީއަށް ގޮވާލައްވާފައެވެ. 

ރިޔާސީ އިންތިހާބަށް ފޮނުވި ބައެއް ވޯޓް ފޮށިތައް

ހަމައެހެންމެ މަހުލޫފް ވަނީ މިފަހަރު ވޯޓު ފޮށިތަކާއެކު އިމަރޖެންސީ ލައިޓް ފޮނުވާފައި ނުވާތީވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ވޯޓު ގުނާ ވަގުތު ސަރުކާރުން ގަސްތުގައި ކަރަންޓު ކަނޑާލާނެކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ވޯޓު ގުނާ މަރުކަޒުތަކަށް އެކަށީގެންވާ އަދަދަށް އިމަރޖެންސީ ލައިޓް ފޮނުވުމަށް މަހުލޫފް ވަނީ އީސީއަށް ގޮވާލައްވާފައެވެ. ވޯޓު ގުނާ ވަގުތު ކަރަންޓު ކަނޑާލިޔަސް އިމަރޖެންސީ ލައިޓް ބޭނުންކޮށްގެން ސަލާމަތްތެރިކަމާއެކު އަދި ޝައްކު ނުއުފެދޭގޮތަށް ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީކަންވެސް އިލެކްޝަން ކޮމިޝަނުން ރައްޔިތުންނަށް ދެއްވުމަށް ވެސް މަހުލޫފް ވަނީ ގޮވާލައްވާފައެވެ. 

ވޯޓު ފޮށިތައް ބަންދުކުރާ ވަގުތަކީ ހަވީރު 4:00 ކަމުން ހުރިހާ ރައްޔިތުން ވެސް ވީއެންމެ ހެނދުނާ ވަޑައިގެން ވޯޓު ދެއްވާ، އިރުގެ އަލިކަން ހުއްޓައި ވޯޓު ފޮށިތަށް ބަންދުކޮށް، ވޯޓު ގުނުމަށް ފުރުސަތު ލިބޭގޮތަށް އެއްބާރުލުން ދެއްވުމަށް މަހުލޫފް ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށްރަށުގެ އިންޖީނު ގެތައް ވެސް ވޯޓު ފޮށިތަކޭ އެއްގޮތަށް ބެލެހެއްޓުމަށާއި ފުލުހުންނާއި ސިފައިން ވެސް އެފަދަ ޖަރީމާއެއް ހިންގުމުގެ ފުރުސަތު ނުދިނުމަށް މަހުލޫފްގެ ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ. 

އިންތިޚާބު އޮޅުވާލުމަށް އީސީގެ ބައިވެރިވުމާއެކު ހިންގަމުންދާ ޖަރީމާތައް ހުއްޓާލައި ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓު ދިނުމުގެ ފުރުސަތު ދިނުމަށްވެސް މަހުލޫފް ވަނީ ގޮވާލައްވާފައެވެ. 

މަހުލޫފްގެ މި ބަޔާނާއި ގުޅިގެން އީސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޔަސް

3 ހަފްތާކުރިން

މަހޭހަމަހޭގަ ހުރޭ

0
0
Dr shihaam

3 ހަފްތާކުރިން

Kihaa dherakameh mee

0
0