16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނެޓްބޯލް

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

  • މިއަހަރުގެ މުބާރާތުގައި ފިރިހެން 4 ޓީމު ބައިވެރިވޭ
  • އަންހެން 12 ޓީމު މި މުބާރާތުގައި ވާދަކުރާނެ
  • މިއަހަރު އަލަށް މިކްސް ނެޓްބޯލް މުބާރާތެއް ބާއްވަނީ
ނާފިއު ރަޝީދު | NaphiuR

| 29 ޖެނުއަރީ 2017 | އާދީއްތަ 21:54 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ފާއިތުވި އަހަރު ކުރިއަށްދިޔަ ގައުމީ ނެޓްބޯލް މުބާރާތުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގައި ފިރިހެން ހަތަރު ޓީމާއި އަންހެން 12 ޓީމާއެކު ޖުމްލަ 16 ޓީމު ބައިވެރިވެއްޖެ އެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ފެށެމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ގިނަ ޓީމުތަކެއް ބައިވެރިވެފައިވާއިރު، މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް އެ އެސޯސިއޭޝަނުން އަންނަނީ މިއަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ޕްލޭން ކުރަމުންނެވެ. އެގޮތުން ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށްޓަކައި އެ އެސޯސިއޭޝަނުން އަންނަނީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ހަރަކާތްތައް މި މަހުގެ 22 އިން ފެށިގެން ހިންގަމުންނެވެ.

މިއަހަރުގެ އޮފީސް ނެޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ކްލަބު އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމުތަކަކީ ކްލަބު އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ދިރާގު، ކްލަބު އިމިގްރޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް، މީޑިއާ ނެޓް، ޕޮލިސް ކްލަބު، އުރީދޫ، ސިމްޑީ އަދި ޓީމް އެސްޓީއޯ އެވެ.

މި މުބާރާތުގެ އިތުރުން ވެސް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ މިއަހަރު ތެރޭ ގިނަ މުބާރާތްތަކެއް ހިންގުމަށް ކަލަންޑަރުގައި ހިމަނާފަ އެވެ.

މީގެ ތެރެއިން މިފަހަރު އެންމެ ފާހަގަކޮށްލެވޭ މުބާރާތަކީ މިއަހަރު މުޅިން އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކްސް ނެޓްބޯލް މުބާރާތެވެ. މިއީ ދެ ޖިންސުގެ ކުޅުންތެރިން އެއްކޮށް ކުޅުމަށް ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް