20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

ކެމްޕެއިން ދަތުރުފުޅެއްގައި ފައިސަލް އިންޑިއާއަށް ފުރާވަޑައިގެންފި

  • އާދީއްތަ ދުވަހުގެ ހަވީރު އިންޑިއާ ގަޑިން 5:00 ޖަހާއިރު އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާނެ
  • ޓުރެވެންޑުރަމްގައި ވެސް ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދާނެ
  • މި ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ
މުހަންމަދު ވިސާމް | sampathmasiw

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 15:42 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


އިންޑިއާއަށް ވަޑައިގަތުމަށް ފައިސަލް ފުރާވަޑައިގަންނަވަނީ -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ފައިސަލް އިންޑިއާއަށް ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާއިރު، އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ ޓްރިވެންޑްރަމްގައި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ފައިސަލް ބައްދަލުކުރައްވާނެއެވެ. އަދި އާދީއްތަ ދުވަހުގެ ހެނދުނު ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލުވުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެ ހަވީރު އިންޑިއާ ގަޑިން 5:00 ޖަހާއިރު ފައިސަލް ޓްރިވެންޑުރަމްގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުން އޮންނާނީ ހޮޓަލް ރޫބީ އެރީނާގައެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނިމިދިޔަ ހަފްތާގެ ތެރޭގައި އަވަށްޓެރި ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންނެވިއިރު، މިއީ އެމަނިކުފާންގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެއެވެ.

މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖުލައި މަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރިކަން ފާހަގަކޮށްލެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް