16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ބޮލީވުޑް

ގޯލްޑް: ހަމަ ޔަގީނުން ވެސް އަކްޝޭއަށް ރަންގަނޑަކަށް!

  • ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް
  • ސައުދީގައި ރިލީޒްކުރި ފުރަތަމަ ބޮލީވުޑް ފިލްމް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 14:45 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އަކްޝޭ ކުމާރު -- ގޫގުލް

އަކްޝޭ ކުމާރާއި މޯނީ ރޯއީ ލީޑްރޯލުން ފެނިގެންދާ ފިލްމް "ގޯލްޑް" ވެގެން ގޮސްފައި މިވަނީ އަކްޝޭއަށް ހަމަ ޔަގީނުން ވެސް ރަންގަޑަކަށެވެ.

އިންޑިއާގެ 72 ވަނަ މިނިވަން ދުވަހުގައި ރިލީޒް ކުރި މި ފިލްމް ވެފައިވަނީ އަކްޝޭ ކުމާރު ކުޅުނު ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށެވެ.

މި ފިލްމަށް ވަނީ ފިލްމް ރިލީޒްކުރި ދުވަހު 25.25 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

މީގެ އިތުރުން ސައުދީ އަރަބިއާގައި ރިލީޒްކުރި ފުރަތަމަ ބޮލީވުޑް ފިލްމަކަށް ވެސް ވެފައި ވަނީ އަކްޝޭގެ ފިލްމް "ގޯލްޑް" އެވެ. އަދި މި ފިލްމް ވެގެން ގޮސްފައި މި ވަނީ ރަޖްނީ ކާންތުގެ "ކާލާ" އަށް ފަހު ގަލްފް ގައުމުތަކުގައި ސިނަމާތަކުގައި ދައްކާލި ދެވަނަ ފިލްމަށެވެ.

ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި 71 ކްރޯޑަށް އަރާފައިވުމުން މި ފިލްމް ވެގެން ގޮސްފައި ވަނީ މިއަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހަތަރު ވަނަ ފިލްމަށެވެ.

"ގޯލްޑް" ވަނީ މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން  ބޮކްސް އޮފީހުގައި 100 ކްރޯޑް ކުލަބަށް ވަތް ފިލްމްތަކުގެ ލިސްޓްގެ އަށް ވަނައިގައި ހިމެނިފައެވެ.

މި އަހަރު ތެރޭގައި ސަތޭކަ ކްރޯޑް ކުލަބަށް ވަދެފައިވާ އިތުރު ފިލްމްތަކަކީ "ސޯނޫކެ ޓިޓޫ ކި ސްވީޓީ"، "ރެއިޑް"، "ބާގީ2"، "ރާޒީ" އަދި "ރޭސް 3" އެވެ. "ޕަދްމާވަތީ" އާއި "ސަންޖޫ" ވަނީ ބޮސްކް އޮފީހުގައި 300 ކްރޯޑް ކުލަބަށް ވަދެފައެވެ.

ކުރިން އަކްޝޭ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައި ވަނީ "ސިންގް އިޒް ބްލިންގް" އަށެވެ. މި ފިލްމަށް ވަނީ 54.44 ކްރޯޑް ރުޕީސް ލިބިފައެވެ.

ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ "ހައުސްފުލް 3" އަށެވެ. މި ފިލްމަށް ވަނީ 53.31 ކްރޯޑް ރުޕީސް ލިބިފައެވެ. "ބްރަދާސް އަށް 52.08 ކްރޯޑް ރުޕީސް ލިބިފައިވާއިރު "ޓޮއިލެޓް އޭކް ޕްރޭމް ކަތާ" އަށް ލިބިފައިވަނީ 51.45 ކްރޯޑް ރުޕީސްއެވެ.

"ޖޯލީ އެލްއެލްބީ 2" އަށް 50.46 ކްރޯޑް ރުޕީސް ލިބިފައި ވާއިރު "ރުސްތަމް" އާށް ލިބިފައި ވަނީ 50.42 ކްރޯޑް ރުޕީސްއެވެ.

"ރައުޑީ ރާތޯރް" އަށް 48.05 ކްރޯޑް ރުޕީސް ލިބިފައިވާއިރު "އެއަރލިފްޓް" އަށް ލިބިފައި ވަނީ 44.30 ކްރޯޑް ރުޕީސްއެވެ. އަދި "ބޮސް" އަށް ލިބިފައި ވަނީ 42.50 ކްރޯޑް ރުޕީސްއެވެ.

ރީމާ ކަގްޓީ ޑައިރެކްޓްކޮށްފައިވާ "ގޯލްޑް"ގައި ދައްކުވައިދީފައި ވަނީ ސަމާ އޮލިމްޕިކްސްގައި 1948 ވަނަ އަހަރު އިންޑިއާގެ ހޮކީ ޓީމު ބައިވެރިވެ އެ ޓީމަށް ފުރަތަމަ ރަން މެޑައްޔެއް ލިބުނު ގޮތެވެ.

އަކްޝޭއާ އެކު ލީޑް ރޯލުން ފެނިގެންދާ މޮނީ ރޯއީ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައި ވަނީ ވެސް މި ފިލްމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް