18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިޚާބް 2018

އިބޫ އެންމެ ބައްދަލުކުރާ ހިތްވަނީ ކޮން ބޭފުޅަކާ ކަން އިނގޭތަ؟

 • މި ވަގުތު އެންމެ ބައްދަލުކުރާ ހިތްވަނީ އިމްރާން ޚާންއާ
 • ކްރިކެޓްގެ ތެރެއިން ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވި ގޮތް ބަލާލަން ބޭނުންވޭ
 • އިމްރާން ޚާންއަކީ ޕާކިސްތާނުގެ މިހާރުގެ ބޮޑު ވަޒީރު
ނާޒުމީ ސައީދު | NaazmeeS

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 14:04 | |

މަގުބޫލް

 1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އިބޫ އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

އެންމެ ބައްދަލުކުރާ ހިތްވަނީ ކާކާތޯ ސުވާލުކޮށްލައިފި ނަމަ ކޮންމެ މީހަކު ވެސް ވަރުގަދަ ޝަހުސިއްޔަތެއްގެ ނަން ބުނެ އުޅެއެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ނަން ހިނގާ ފަރާތްތަކުގެ ލިސްޓެއް ކިޔާލާނެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު އެންމެ ބައްދަލުކޮށްލައްވަން ބޭނުންފުޅުވަނީ ކޮން ބޭފުޅަކާ ކަން އެނގޭހެއްޔެވެ؟ 

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް - ރާއްޖެއެމްވީ

އިބޫ އަށް ޚާއްސަ ކޮށްގެން ރާއްޖެޓީވީން ގެނެސްދޭ "އިބޫ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިވަގުތު އެންމެ ބައްދަލުކޮށްލައްވަން ބޭނުންފުޅު ވަނީ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންއާ ކަމަށެވެ. ކްރިކެޓްގެ ތެރެއިން ސިޔާސީ ދާއިރާއަށް އިމްރާން ޚާން ވެންނެވި ގޮތް އެގިލައްވަން ބޭނުންފުޅުވާ ކަމަށް އިބޫ ވިދާޅުވިއެވެ. 

"ކްރިކެޓް ތެރޭގައި ލީޑަރޝިޕް ނެންގެވި ގޮތާއި، އެ އައިސް ޕޮލިޓިކްސް ތެރެއަށް ވަދެ ދެން އެ ކެރިއަރ ބިލްޑް ކުރި ގޮތް އެއީ ހަމަ ބަލާލަން ބޭނުންވާ ކަމެއް،" އިބޫ ވިދާޅުވިއެވެ. 

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން - ގޫގްލް

އިބޫ ވިދާޅުވީ މީގެ ދެ އަހަރު ކުރިން އިމްރާން ޚާންއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ބައޮގްރަފީ ވިދާޅުވި ކަމަށާއި، ސިޔާސީ މައިދާނަނަށް ނުކުންނެވުނު ގޮތާއި އަމިއްލަފުޅު ދިރިއުޅުން ރޫޅިގެން ދިޔަ ގޮތާއި، ދޫނުކޮށް ސިޔާސީ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް އިމްރާން ޚާން ކުރެއްވި މަސައްކަތްޕުޅު އެ ލިޔުމުން އެނގިވަޑައިގެންނެވި ކަމަށެވެ.

އެހެންކަމުން ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެންމެ ބައްދަލުކޮށްލައްވާ ހިތްވާ ބޭފުޅަކީ އިމްރާން ޚާން ކަމަށް އިބޫ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި ހުއްޓުމެއް ނެތި ކުރެއްވި މަސައްކަތްޕުޅުން އިމްރާން ޚާން އަށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެނީ 22 އަހަރު ފަހުން ނިމިގެންދިޔަ މަހުގެ ތެރޭގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް