20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ސްޓްރީ އަށް ދަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބެމުން

  • ފުރަތަމަ ދުވަހު ވަނީ އާމްދަނީގެ ގޮތުގައި 6.82 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 13:32 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ސްޓްރީގެ ޕޯސްޓަރު -- ގޫގުލް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ސްޓްރީ" އަށް ދަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބެމުން ކަމަށް ޚަބަރުތައް ބުނެފިއެވެ.

ލީޑް ރޯލުން ޝްރައްދާ ކަޕޫރާއި ރާޖް ކުމާރު ރާއޯ ފެނިގެންދާ މި ފިލްމަށް ފިލްމް އެޅުވި ފުރަތަމަ ދުވަހު ވަނީ އާމްދަނީގެ ގޮތުގައި 6.82 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

އަދި ހަފްތާ ބަންދުގައި މިއަދު އިތުރުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ވަނީ ބުނެފައެވެ.

އަމަރް ކައުޝިކް ޑައިރެކްޓް ކޮށްފައިވާ "ސްޓްރީ" މި ފިލްމަކީ ބިރުވެރި މަޖާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.  

 މި ފިލްމް ވެގެން ގޮސްފައިވަނީ ފިލްމް މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމް ތަކުގެ ލިސްޓްގެ ބާރަ ވަނަ އަށް އަރާފައެވެ.

މި ފިލްމްގައި ޝްރައްދާ އާއި ރާޖްކުމާރު ގެ އިތުރުން ދެން ފެނިގެންދާނީ އަޕަރްޝަކްތީ ކުރާނާ، ޕަންކަޖް ޓްރިޕަތީ އަދި ވިޖޭ ރާޒް އެވެ.

މި ފިލްމްގައި ޝްރައްދާ އަދާކުރަކީ އަންހެން ގޯސްޓެއްގެ ރޯލެވެ. މި ފިލްމާއި ގުޅޭގޮތުން ކުރިން ޝްރައްދާ ބުނެފައި ވަނީ ރާޖް ކުމާރު ރާއޯއާ އެކު މަސައްކަތްކުރުމަކީ ހުވަފެން ހަގީގަތަކަށް ވުން ކަމަށެވެ.

އަދި  މިއީ އޭނާ ބިރުވެރި މަޖާ ފިލްމެއްގައި މަސައްކަތް ކުރި ފުރަތަމަ ފަހަރު ކަމަށާއި ފިލްމްގެ ޝޫޓިންތައް ދިޔައީ ވަރަށް މަޖާކޮށް ކަމަށެވެ. ރާޖު ކުމަރު ރާއޯއަކީ ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް