
| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 13:01 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ކަން ދިމާވީ ހީކުރި ގޮތާ ހިލާފަށެވެ. ފުލުހުން ބުނި ގޮތާ ދިމާ އިދިކޮޅަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މި ރަށުން އޮތީ ހަމައެކަނި ތާއިދެއް ނޫނެވެ. ލޯތްބާއި ރައްކާތެރިކަމާއި ކުލުނުގެ އެންމެ މަތީ މިންވަރަކަށް އެމަނިކުފާނަށް އެ ވަނީ އަރުވާފައެވެ. އިބޫއަށް މި ރަށުން ރައްކާތެރި ކަމެއް ނެތޭ ފުލުހުން ބުންޏަސް މި ރަށުން ފެނުނީ، އެއްބައިވަންތަކަމުގެ ގުޅުމެވެ. ސަޕޯޓަރުންގެ ބަދަހިކަމުގެ ލާމަސީލު ނަމޫނާއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު އިބޫ ދެއްވަދޫ އިން ފުރައިވަޑައިގެން، ކޮލަމާފުށީގެ ގަސްކަރަ ފެންނަ ހިސާބަށް ކައިރިވުމާ އެކު، އެތުރިގެން ތިބި މި ރަށުގެ މަސް ދޯނިތަކުން ތިބީ އެމަނިކުފާނުގެ އިސްތިގުބާލުގައެވެ. އަދި ރަށަށް ފައިބައިވަޑައިގަތުމާ އެކު އެމަނިކުފާނަށް އޮތް ތާއިދު ވަނީ ދައްކާލާފައެވެ. ރަށުގެ މުޅި މާހައުލު އޮތީ ކެކިއުތުރިފައެވެ. ސަޕޯޓަރުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ބޭނުންވި މަންޒަރު ފެނިގެން ދިއުމުންނެވެ.
އިބޫ މި ރަށަށް ވަޑައިގެންނެވި ވަގުތު ތަފާތު މަންޒަރެއް ފެނިގެން ދިޔައެވެ. ވަރުގަދަ މެސެޖެއް ލިޔެފައިވާ ބެނާއެއް ފެނިގެންދިޔައެވެ. އިބޫއާ ސަލާމްކުރަން މި ރަށުގެ މީހުން އެތުރިގެން ތިބިއިރު، އެ މީހުން ބޯމަތިން ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ އެ ރަށުން ހައްޔަރު ކުރި 18 މީހުން މިނިވަން ކުރުމަށްޓަކައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
މި ރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އިބޫ ވިދާޅުވީ އެއީ ކުށްވެރިން ނޫން ކަމަށާއި އެ މީހުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ތުހުމަތުތަކެއްގައި ކަމަށެވެ. އަދި ވަގުތުން އެ މީހުން މިނިވަން ކުރުމަށް އިބޫ ވަނީ ގޮވާލައްވާފައެވެ.
އިބޫ އެ ވާހަކަފުޅު ދައްކަވަމުން ގެންދިޔަ ވަގުތު، ހައްޔަރުގައި ތިބި 18 މީހުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކެއް ޖަލްސާގައި ޖަހާފައި ހުއްޓެވެ. އެގޮތުން ޖަލްސާގެ ދެ ވަނަ ސަފުގެ ގޮނޑިބަރިތައް ހާއްސަކޮށްފައި ވަނީ ހައްޔަރުކޮށްފައި ތިބި މީހުންނަށެވެ. އެގޮތުން އެ މީހުންގެ ނަމާއި ފޮޓޯ ޖަހައި، ގޮނޑިތަކެއް ހާއްސަކޮށްފައި ވެއެވެ.
އިބޫގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނާ އެކު ކުރަމުންދާ މަސައްކަތުގައި ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔަރަށް ހުންނެވި ކަމަށާއި އެ ބޭފުޅުން، ގުޅިފައިވާ ޕާޓީތަކުން ކޮލަމާފުށީގެ ބޮޑު ތާއިދަކާ އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
ކޮލަމާފުށީގެ ސިވިލްސާވަންޓުންނާއި ބައެއް ކުންފުނިތަކުގެ މުވައްޒަފުން ފާޅުގައި ގުޅިފައިވާ ޕާޓީތަކާ އެކު މަސަައްކަތް ކުރަން ފަށާފައި ވާތީ، އެކަމަށް އިޝާރާތްކުރައްވައި އިބޫ ވިދާޅުވީ ބިރު ދައްކައިގެން ސަރުކާރަށް ބޭނުންވާ ކަންތައްތަކެއް ދެން ނުކުރެވޭނެ ކަމަށެވެ.
އިބޫ އެގޮތަށް ވިދާޅުވިއިރު، މި ރަށުން 18 މީހަކު ހައްޔަރު ކުރުމާ ގުޅިގެން, ޕީޕީއެމަށް ތާއިދު ކުރާ ބައެއް އާއިލާތަކުން ވެސް މިހާރު ވަނީ ގުޅިފައިވާ ޕާޓީތަކަށް ތާއިދުކޮށް އަމަލީ ގޮތުން އެ ކަމުގެ މަސައްކަތް ފަށާފައެވެ.
މި ރަށުގެ ރައްޔިތުން ބުނަނީ 18 މީހަކު ހައްޔަރު ކުރުމުން، އެ މީހުންގެ ވޯޓު ގެއްލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ދެރަވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެ މީހުންގެ ހައްޔަރާ އެކު، އިތުރު ވޯޓު ރަށުން ލިބޭނެ ކަމަށެވެ. ކޮންމެ ހާލަތެއް ވެސް މެދުވެރިވާނީ ރަނގަޅަށް ކަމަށާއި މިފަހަރު ކަން ދިމާވި ރަނގަޅަށް ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
6 މަސް ކުރިން
Vissnan beynunvaa bayakah bodu ibratheh
6 މަސް ކުރިން
Vissnan beynunvaa bayakah bodu ibratheh