17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ދައުރު ނިމޭ އިރު އަސާސީ ހިދުމަތްތައް ނުލިބޭ އެއްވެސް ރައްޔިތެއް ނުހުންނާނެ: އިބޫ

  • ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރެވޭނެ
  • އަސާސީ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 12:48 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ގުޅިފައވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގެ ދައުރު ނިމޭ އިރު އަސާސީ ހުރިހާ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގއ. ދެއްވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު މިހާރަށް ވުރެ ރަގަޅުކޮށް ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ނަރުދަމާ އާއި ލަފާފުރުމުގެ ދަތިތަކާއި ފެނުގެ ހިދުމަތްތަކުގެ އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

އިބޫ ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ގެސްޓްހައުސް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް ލޯން ސަރުކާރުން ދޫކުރާނެ ކަމަށެވެ. މީގެ އިތުރުން ކައުންސިލްތަކަށް ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ދެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ މަސައްކަތަކަށް ވާނީ އެކަންކަން ކުރުމަށް މަގުފަހިކޮށްދީ، ބޭނުންވާ ފައިސާ ހޯދައިދިނުން ކަމަށް އިބޫ ވިދާޅުވިއެވެ.

"ގެސްޓް ހައުސް ފަދަ ތަންތަން ތަރައްގީ ކުރުމަށް ލުއި ލޯން ދެވޭނެ. ރާއްޖެ ތަރައްގީ ކުރުމަށް އަޅުގަނޑުމެން ވިސްނާފައި ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން. ރަށުގެ ތަރައްގީގެ ކަންކަން ކުރުމުގެ ބަސް ބުނަން ޖެހޭނީ އެރަށެއްގެ ރައްޔިތުން. އެކަމުގައި އިސްކޮށް އުޅެންޖެހޭނީ ކައުންސިލްތަކުން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، މިހާރު ކުރާ ދަތުރުގައި ރައްޔިތުން ތިބި ގޮތް ވަރަށް ސާފު ކަމަށާއި އެކަން ވޯޓުން ރައްޔިތުން ދައްކާނެ ކަމަށެވެ.

"އަނިޔާވެރިކަމާއި ބޭއިންސާފުން ސަލާމަތްވުމަށް ރައްޔިތުން ތިބީ،" އިބޫ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް