21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ތަރައްގީ ބޭނުންވެ ތިބެ، ތިނަދޫ އިން ނޫނެކޭ ބުނީ އަޅުވެތިވާން ބޭނުންނުވާތީ: މެމްބަރު އަބުޅޯ

  • ކޮރަޕްޝަނާއި ފަސާދައިން ތަރައްގީ ބޭނުމެއް ނުވާ ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 08:29 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ގދ. ތިނަދޫ ރައްޔިތުން ތަރައްގީ ބޭނުންވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ރަށަށް ގެންނަ ތަރައްގީއަށް ނޫނެކޭ ބުނީ އަޅުވެތިވާން ބޭނުން ނުވާތީ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުޅޯ ވިދާޅުވީ ތިނަދޫއަށް ގެނެސްފައިވާ ތަރައްގީއަށް ރައްޔިތުން ނޫނެކޭ ބުނީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ތަރައްގީ ގެންނަން ބޭނުން ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ ތިނަދޫއަށް ތަރައްގީ ގެންނަމުން ދަނިކޮށް ބޭއްވި ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ތިނަދޫ އިން ދީފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ކަމަށާއި އަނިޔާވެރިކަމުގެ ތެރެއިން ތަރައްގީ އަންނަން ތިނަދޫ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

"ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަމުގެ ތެރެއިން ރައްޔިތުން ބޭނުމެއް ނުވޭ ތަރައްގީ އަންނާކަށް. ރައްޔިތުން ބޭނުމެއް ނުވޭ ތަރައްގީއަށްޓަކާ އަޅުވެތިވާކަށް. މިކަން މި ރަށުން ވެސް ސާބިތުކޮށްދީފި. ނިމިދިޔަ ކައުންސިލް އިންތިހާބުގައި މިރަށް ތަރައްގީ ކުރަމުން ކުރަމުން އައިސް، އަޅުގަނޑުމެންނަށް އެ ނިމިދިޔަ ކައުންސިލް އިންތިހާބު ލިބިގެންދިޔައީ އިދިކޮޅު ޕާޓީއަށް މުޅި ކައުންސިލްގެ މެޖޯރިޓީ، އަތޮޅު ކައުންސިލާ އެކީގައި ދިންތަން،" އަބުޅޯ ވިދާޅުވިއެވެ.

"ރައްޔިތުން ބުނީ ތަރައްގީއަށް ނޫނެކޭ. އެކަމަކު ތަރައްގީ ރައްޔިތުން ބޭނުންވޭ. ރައްޔިތުން ތަރައްގީ ބޭނުންވެ، ތިބެ އެއަށް ނޫނެކޭ ބުނީ ކީއްވެގެންތޯ؟ ރައްޔިތުން ތަރައްގީއަށް ބޭނުންވެ ތިބި، ތަރައްގީއަށް ނޫނެކޭ ބުނީ އަޅުވެތިވާން ބޭނުން ނުވާތީ. އަނިޔާވެރިކަން ބޭނުން ނުވާތީ. މިއީ ހަގީގަތަކީ."

ތިނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

ތިނަދޫއަށް ގެނެސްފައިވާ ތަރައްގީއަކީ ރައީސް އަބްދުﷲ ޔާމީން ގެންނެވި ތަރައްގީއެއް ނޫން ކަމަށް ވެސް  އަބުޅޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތިނަދޫއަށް ތަރައްގީ ގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ ތަރައްގީގެ ޓެގު ދެން އޮތީ ތިނަދޫގެ ދެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަތުގައި ކަމަށް އަބުޅޯ ވިދާޅުވިއެވެ.

"ދެން އެ ތަރައްގީގެ ޓެގު މި އޮތީ އަޅުގަނޑުމެންގެ އަތުގައި. އަޅުގަނޑާއި އަޅުގަނޑުގެ އަހު ސައުދުﷲ ހިލްމީ އަތުގައި. ތަރައްގީގެ ޓެގު އޮތީ އަޅުގަނޑުމެންގެ އަތުގައި،" އަބުޅޯ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ކުރައްވާ ދަތުރުގައި ތިނަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހުވަދު އަތޮޅު ދެކުނު ބުރިއަށާއި އުތުރު ބުރިއަށް އިބޫ ކުރައްވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ގދ. ގައްދޫގައި ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ގއ. ވިލިނގިލީގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް