20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ ރޭސް 2018

އަޅާ ބްރިޖަކުން އެއީ ދެވަނަ ދައުރަކަށް އިންތިޚާބު ވާން ޖެހޭ ސަބަބެއް ނޫން: އަމީން

  • ދައުރަކަށް އިންތިޚާބުވާން ބޭނުންފުޅުވާ ނަމަ ވެރިމީހާ ކުރަންޖެހޭ ކަމަކީ އިންސާފު ގާއިމް ކޮށްދިނުން
  • ނުހައްގުން ޖަލަށްލާފައިވާ ޕާޓީތަކުގެ ލީޑަރުން ސަލާމަތް ކުރަން އިބޫ އަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 01:56 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


އަބްދުﷲ އަމީން. ދައުރަކަށް އިންތިޚާބުވާން ބޭނުންފުޅުވާނަމަ ވެރިމީހާ ކުރަންޖެހޭ ކަމަކީ އިންސާފު ގާއިމް ކޮށްދިނުން ކަމަށް ވިދާޅުވި -- ރާއްޖެއެމްވީ

އަޅާ ބްރިޖަކުން، އަޅާ ފާލަމަކުން އެއީ ދެ ވަނަ ދައުރަކަށް އިންތިޚާބު ވާންޖެހޭ ސަބަބެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިޚާބުވާން ބޭނުންވާ ނަމަ ވެރިމީހާ ކުރަންޖެހޭ ކަމަކީ އިންސާފު ހޯދައިދީ އޯގާތެރި ސަރުކާރެއް ގާއިމްކުރުން ކަމަށެވެ. ކޮންމެ ރައީސަކު ވެސް އަދި ކޮންމެ ވެރިއަކު ވެސް ކުރަން ޖެހޭކަމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްދީފައިހުރި އަސާސީ ހައްގުތައް ފުރިހަމަ ކޮށްދިނުމައްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމަށާއި އެކަންކަން ކޮންމެހެން ކުރަންޖެހޭކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިއްވައި ދީފި ކަމަށެވެ.

"އަޅާ ބްރިޖަކުން، އަޅާ ފާލަމަކުން، ކުރާ އިމާރާތަކުން، މަގުމަތީގައި އަޅާ ތާރައަކުން މީ ދެވަނަ ދައުރަކަށް މީހާ އިންތިޚާބު ކުރަންޖެހޭ ސަބަބެއް ނޫންކަން ތިބޭފުޅުން މިއަދު ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީފި. އާދެ އެއީ ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްކަން ތިބޭފުޅުން ވަރަށް ބާރަށް ވިދާޅުވެއްޖެ. ދެވަނަ ދައުރަކަށް އިންތިޚާބުވާން ބޭނުންފުޅުވާ ނަމަ ވެރިމީހާ ކުރަންޖެހޭ ކަމަކީ އިންސާފު ގާއިމް ކޮށްދިނުން،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސިޔާސީ ކަންތައްތައް އޮތީ ރައްޔިތުން ހީވެސް ނުކުރާހާ ހިސާބެއްގައި ކަމަށާއި ރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި ސިޔާސީ ފިކުރުން ބޭރުން އެންމެން އެއްވެގެން ކުރަންޖެހޭ ކަމެއްކަމަށް މިއަދު ވަރަށް ސާފުކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކަން ދައްކުވައި ދީފި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް