21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ ރޭސް 2018

ގައުމީ މަސައްކަތެއްގެ ގޮތުގައި އިބޫ ހޮވުމަށް މުޅި ރާއްޖެ ވަނީ ތެދުވެފައި: ޝިފާޒު

  • ދެވަނަ ރިޔާސީ އިންތިޚާބުގައި ގާނޫނު އަސާސީ ނުދަންނަ މީހަކު ވެރިކަމަށް ގެނެވުނީ
  • އެމްޑީޕީގެ ވެރިކަމެއްގައި އިންސާފު ގެއްލިފައިވާ މީހުންނަށް އަދި މުދަލާއި ހައްގުތައް ގެއްލިފައިވާ މީހުންނަށް އެކަން ހޯދައިދޭނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 01:06 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


މުހައްމަދު ޝިފާޒު(ކ) އަދި އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ). އިބޫ ހޮވުމަށް މުޅި ރާއްޖެ ވަނީ ތެދުވެފައި ކަމަށް ވިދާލުވި -- ފޮޓޯ: މުހައްމަދު ޝަރުހާން

ގައުމީ މަސައްކަތެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވުމަށް މުޅި ރާއްޖެ ވަނީ ތެދުވެފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވުން ޝިފާޒު ވިދާޅުވީ އެމްޑީޕީ އުފެދުނު ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަން ފެށި މަސައްކަތަކީ ރައްޔިތުންނަށް އިންސާފު ހޯދުން ކަމަށާއި އެމަސައްކަތް މިއަދާއި ހަމައަށްވެސް އެޕާޓީން ކުރަމުންދާކަމަށެވެ. ސިޔާސީ ހުރިހާ ވިސްނުމެއް އެއްފަރާތްކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވެސް އިބޫއާއި އެކު ތެދުވީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ޝިފާޒު ވިދާޅުވިއެވެ.

"އެމަސައްކަތް ކުރަމުންދާއިރުވެސް ދިމާވާ ގޮންޖެހުމަކީ ކޮބައިތޯ އެއީ ހަގީގަތުގައި ސުވާލެއް. ލިބުނު ގޮންޖެހުމަކީ އައު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ދެވަނަ ރިޔާސީ އިންތިޚާބުގައި ގާނޫނު އަސާސީ ނުދަންނަ މީހަކު ވެރިކަމަށް ގެނެވުނީ. އޭނާގެ އަތްމައްޗަށް ރާއްޖޭގެ ބަޑި ގުދަނުގެ ތަޅުދަނޑި ލިބުނީ. އޭނާގެ މައްޗަށް މާލިއްޔަތު ލިބުނީ،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އިންސާފު ގެއްލިފައިވާ މީހުންނަށް އަދި މުދަލާއި ހައްގުތައް ގެއްލިފައިވާ މީހުންނަށް އެކަން ހޯދައިދެއްވާނެކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓުތައް ބޭކާރުވެދިޔަ ނުދެއްވާނެ ކަމަށާއި ވޯޓު ގުނަން ޖެހޭނީ އެންމެންގެ ކުރިމަތީގައި ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އިބޫގެ ވެރިކަމެއްގައި ރާއްޖޭގެ ރައްޔިތުންނަށް ޖަޒީރާވަންތަ ރާއްޖެއެއް، އަމާން ވެއްޓެއްގައި އަނބުރާ ހޯއްދަވައި ދެއްވާނެކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ސިފަތައް ބަލައިގެން އަސާސީ ސިފަތައް ކަށަވަރު ކޮށްދެވޭނެ ފޮތް ވަނީ ނިމިފައި ކަމަށާއި އެއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯކަމަށް ޝިފާޒު ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް